
(ފޮޓޯ ކްރެޑިޓްްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ތުޅާދޫ ސްކޫލްގައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރައްޔިތުން ދަތުރު ދާނެ ރަށެއް ހޯދުމާއި، ނެރު ފައިކަށީގެ މައްސަލަ ހައްލުކޮށްދެއްވުން އަވަސްކޮށްދެއްވުން ހިމެނެއެވެ. އަދި ރަށު ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގަވައިދެއްވުމަށާއި ރަށު އިންޖީނުގެއަށް ބޭނުންވާ ސްޕެއާ ނުލިބުމާއި، ރަށުގެ ކޯޓު އިމާރާތުގެ މަސައްކަތް ލަސްވެފައިވާތީ އެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި، އެ ރަށުގައި ހޭންޑް ބޯލް ކޯޓެއް ގާއިމުކޮށްދެއްވުމަށް މެންބަރުންގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ރަށުގެ މުއައްސަސާތަކުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށު ސްކޫލަށް ބޭނުންވާ މަރާމާތާއި އިދާރީ މުވައްޒަފުން ހޯއްދަވައިދެއްވުމާއި، ތުޅާދޫ ޞިއްޙީ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ހޯއްދަވައިދެއްވުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“އަޚްލާޤީ މިންގަނޑުގެތެރެއިން މަޢުލޫމާތު ފޯރުކޮށްދިނުން މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނޫސްވެރިން ވަކިފަރާތަކަށް ނުޖެހި، އަޚްލާޤީ...
“މީޑިއާއަށް ފަހި މާހައުލެއް ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ މަތީ އެއް މަޞްލަޙަތު”
(ފޮޓޯ ކްރެޑިޓްސް: ރަައީސް އޮފީސް) ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި، ދިވެހި ނޫސްވެރިންނަށް ރައްކާތެރި...
ގަލަމުގެ ބާރު ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެކު!
ކޮންމެ އަހަރެއްގެ މޭ 3 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. 1993 ވަނަ އަހަރުން ފެށިގެން އދ. އިން ފާހަގަކުރާ މި...
ޒުވާނުންނާއި ކުޅިވަރު: އެެއް ވުޒާރާއަކަށް، ހެޔޮ ބަދަލެއްް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ނަމަށް ބަދަލުކޮށް، ވަޒީރު އަބްދުﷲ ރާފިޢުގެ އިރުޝާދުގެ ދަށުން ޒުވާނުންގެ...
ރާއްޖެ-ލަންކާ: އަބަދުވެސް އޮތީ ގާތް ގުޅުމެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއާއި ސްރީލަންކާއަކީ 1965 ވަނަ އަހަރުން ފެށިގެން ސިޔާސީ ގުޅުން ގާއިމުކޮށް، ސަގާފީ އަދި އިގްތިސާދީ ގޮތުން ގާތް...
ލާމަރުކަޒީ ނިޒާމާގުޅޭ ޒިންމާތައް މާލީ ވުޒާރާއަށް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާ އުވާލުމާ ގުޅިގެން، ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކުގެ ކަންކަމުގައި މަޖިލީހަށް...
