
މިދިޔަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރި ފައިސާގެ ތެރެއިން 1.4 ބިލިޔަން ރުފިޔާ ޚަރަދުނުކޮށް ކައުންސިލްތަކުގެ އެކައުންޓުތަކުގައި އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ސަރުކާރުން ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދޫކުރަމުންދާއިރު، މިދިޔަ އަހަރު ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް 2.2 ބިލިޔަން ރުފިޔާ ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކޮށްފައިވެއެވެ. އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓާއި ކައުންސިލްތައް ޒިންމާދާރުވުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓަކީ ޤާނޫނޫގައި ކަނޑައަޅުއްވާފައި އޮންނަގޮތަށް ރައްޔިތުންނަށް ދޭންޖެހޭ މުނިސިޕަލް ޚިދުމަތްތަކުގެ އިތުރުން، ރައްޔިތުންނަށް ފައިދާވާ ކަންކަމަށް ޚަރަދުކުރުމަށް ދޫކުރާ ފައިސާކަމަށެވެ. މިގޮތުން މިދިޔަ އަހަރު ކައުންސިލްތަކަށް ޖުމްލަ 2.2 ބިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށާއި ނަމަވެސް އަހަރު ނިމުނުއިރު ކައުންސިލްތަކުގެ އެކައުންޓްތަކުގައި ޚަރަދުނުކޮށް 1.4 ބިލިޔަން ރުފިޔާ ހުރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. “މިފައިސާ ކައުންސިލްތަކަށް މިދެނީ މުނިސިޕަލް ޚިދުމަތްތައް ދިނުމަށް. އެހެންވީމަ އެފައިސާ ޚަރަދުކުރުމަކީ ކައުންސިލްތަކަށް ލާޒިމްކަމެއް. ރައްޔިތުންނަށް ހެޔޮ ކަންކަން ކޮށްދޭން. ޤާނޫނުގައި ބުނާ މުނިސިޕަލް ޚިދުމަތްތައް ރަނގަޅު ކޮށްދިނުމަށް. އެކަމަކު އަހަރު ނިނުމުއިރު ދެބައިކޮށްފައި އެއްބައި ޚަރަދުނުކޮށް މިހުރީ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރުގެ މިހާތަނަށް އައިރުވެސް ބްލޮކް ގްރާންޓަށް ދޫކުރި ފައިސާގެ ބޮޑު ބައެއް ރައްކާކުރަމުން އަންނަކަމަށެވެ. ނަމަވެސް އެފައިސާ ރައްކާކުރަނީ ކޮން ބޭނުމެއްގައިކަންވެސް ކައުންސިލްތަކުން ހާމަނުކުރާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓުން ބައެއް ކައުންސިލްތަކުން ތަޖުރިބާ ދަތުރުތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުން ފަދަ ބޭކާރު ޚަރަދުތައް ކުރާކަމަށެވެ. ރައީސް ވަނީ އެފަދަ ކަންކަން ނުކުރުމަށާއި ސަރުކާރުން ދޫކުރާ ފައިސާއިން ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުމަށް އިލްތިމާސްކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
