
(ފޮޓޯ ކްރެޑިޓްސް: ފުލުހުން)
ފުލުހުންގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރު އިފްތިތާޙްކޮށް، އައު ޑޭޓާ ސެންޓަރު ބިންގާ އަޅުއްވައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތް ހަރުދަނާ ކުރުމަށް ޤާއިމްކުރެވޭ ފުލުހުންގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރާއި ޑޭޓާ ސެންޓަރަކީ އެކުވެރި އަރަބި އިމާރާތުގެ ސައިބަރ ސެކިއުރިޓީ ކައުންސިލްގެ އެހީތެރިކަމާއެކު ތަރައްޤީ ކުރެވިންގާ ދެ ތަނެވެ. އެކުވެރި އަރަބި އިމާރާތުގެ ސައިބަރ ސެކިއުރިޓީ ކައުންސިލްގެ އެންމެ އިސްވެރިޔާ ޑރ. މުޙައްމަދު އަލްކުވައިތީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ފުރަތަމަ އޮތީ ފުލުހުން އައު ޑޭޓާ ސެންޓަރުގެ ބިންގާ އެޅުމެވެ. ހުޅުމާލެ ފޭސް 2 ގައި ޤާއިމް ކުރާ ފުލުހުންގެ ސައިބަރ ސެކިއުރިޓީ ސެންޓަރުގެ ބިންގާ އަޅައިދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިހުސާނާއި ޔޫއޭއީގެ ސައިބަރ ސެކިރިޓީ ހެޑް ޑރ. މުޙައްމަދު އަލްކުވައިތީ އަދި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއެވެ.
ޔޫއޭއީގެ އެހީތެރިކަމާއެކު ތަރައްޤީ ކުރާ ފުލުހުންގެ ޑޭޓާ ސެންޓަރަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީ ކުރާ ތަނެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ މި ސެންޓަރާއެކު ފުލުހުންގެ މަސައްކަތްތައް، ޒަމާނަށް އަންނަ ބަދަލުތަކާ އެއްގޮތަށް ބައްޓަންވެގެންދާނެ ކަމަށެވެ. އަދި ކުށްކުރުން ހުއްޓުވުމާއި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތަށް ބޮޑު ބަދަލެއް މިތަނުގެ ސަބަބުން ލިބިގެންދާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މިތަނުގެ ބިންގާ އެޅުމަށްފަހު، ޝަހީދު ހުސެއިން އާދަމް ބިލްޑިންގްގައި އަލަށް ޤާއިމްކުރެވުނު ފުލުހުންގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު ވަނީ އިފްތިތާހްކޮށްފައެެވެ. މި ސެންޓަރުވެސް އިފްތިތާޙްކޮށްދެއްވީ، ދާޚިލީ ވަޒީރު ޢަލީ އިހުސާނާއި، ޔޫއޭއީ ސައިބަރ ސެކިއުރިޓީ ކައުންސިލްގެ ހެޑް، ޑރ. މުޙައްމަދު އަލްކުވައިތީ އަދި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.
އަލަށް ގާއިމުކުރެވުނު ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީއެސްއޯސީ) ފަރުމާކުރެވިފައިވަނީ ސައިބަރ ދާއިރާގައި ގައުމުގެ “ޝީލްޑް އެންޑް ވޮޗްޓަވަރު” ގެ ގޮތުގައި ހިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ސްޕޭސްގެ ނުރައްކާތައް ދެނެގަނެ، އެ ކަންކަމަށް އިޖާބަދީ، ހުއްޓުވައި، އަދި އެފަދަ ކުށްތައް މަދު ކުރުމަށް ކަމަށް ފުލުހުން ވަނީ ވިދާޅުވެއެވެ މި ރަސްމީއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ދެއްކެވި ވާހަކަފުޅުގައި ޔޫއޭއީ ސަރުކާރުގެ އެހީގައި ތަރައްޤީ ކުރެވިގެން ދިޔަ މި ސެންޓަރަކީ ދެ ޤައުމު ދެމެދު އޮތް ގުޅުން ހާމަވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި މި ޒަމާނުގައި ގައުމީ ސަލާމަތާއި ރައްކާތެރިކަން ބިނާވެފައިވަނީ ހަމައެކަނި ފުލުހުން ކުރާ މަސައްކަތުގެ މައްޗަށް ނޫންކަމަށާއި، ފެންނަން ނުހުންނަ ސައިބަރ ސްޕޭސްގެ ނުރައްކާތަކާ ކުރިމަތިލުމުގެ ގާބިލުކަމުގެ މައްޗަށް ވެސް ކަމުގައި ކޮމިޝަނަރ ވިދާޅުވިއެވެ.
މި ރަސްމީއްޔާތުގައި ކޮމިޝަނަރ ވަނީ މި މަސައްކަތް ކުރުމަށް ދާޚިލީ ވުޒާރާއިން ދެއްވި އެހީތެރިކަމަށް، ވަޒީރު ޢަލީ އިހުސާނަށް ޝުކުރު އަދާކުރައްވާފައެވެ. ރަސްމީއްޔާތަށް ފަހު، ކުވެއިތުގެ ސައިބަރ ސެކިއުރިޓީ ހެޑް ޑރ. އަލްކުވައިތީ ވަނީ ފުލުހުންގެ އިސްވެރިންނާއި ބައްދަލުކުރައްވާ ދާއިރާ ހަރުދަނާކުރުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. ޔޫއޭއީގެ ސައިބަރ ސެކިއުރިޓީ ވެރިޔާ ރާއްޖެއަށް ވަޑައިގެންފައިވާއިރު، މިދިޔަ އަހަރުގެ އޯގަސްޓް މަހުވެސް އެމަނިކުފާނު ވަނީ ރާއްޖެ ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ޒިޔާރަށް ކުރައްވައި، ދެ ޤައުމު ދެމެދު ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހިކޮށް އިތުރު ފުރުސަތުތަކާއި ތަމްރީނުތައް ފަހިކުރުމުގެ މަޝްވަރާތައް ބޭއްވެވިއެވެ.
ރާއްޖޭގެ ސައިބަރ ސެކިއުރިޓީ ދާއިރާ ހަރުދަނާ ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ. އެގޮތުން ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީ ނަމުގައި ވަކި އިދާރާއެއް އުފައްދަވާ އެތަނުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
