
ރަށްރަށުގެ ރައްޔިތުން ހިންގާ ޢާންމު ވިޔަފާރީގެ ތެރެއަށް ކައުންސިލްތަކުން ނުވަނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިހެން އިލްތިމާސްކުރެއްވީ ކެންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި މި ދަތުރުފުޅުގެ ތެރެއިން ކެންދޫގެ ބަނދަރާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް ސޮއިކުރެވުނު އެއްބަސްވުމަކީ އެކުއެކީގައި ކުރިއަށްދާނެ ތިން މަޝްރޫޢުކަމަށާއި، އެކަމުގެ ހެޔޮ ނަތީޖާ ކައިރި މުސްތަގުބަލެއްގައި ފެންނާނެކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންފައިވާ ފަދައިން މަގުތައް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަމަށެވެ. އަދި ބިން ހިއްކާ ނިމުމުން ގެދޮރުވެރިކަމުގެ މަޝްރޫޢު ކުރިއަށް ގެންދަވާނެކަށާއި،. އަންނަ އަހަރަކީވެސް ގެދޮރުގެ މައްސަލަ ހައްލުކުރުމަށް އިސްކަންދެއްވާނެ އަހަރެއްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ފަދައިން ކެންދޫގައިވެސް ހައުސިންގ މަޝްރޫޢޫއެއް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައީސް އެރުވިއެވެ. މީގެ އިތުރުން ސިއްޙީ ދާއިރާ ކުރިއެރުވުމަށާއި، ކުޅިވަރުގެ ދާއިރާއިންވެސް ކެންދޫގެ ތަރައްޤީއަށް މަސައްކަތްކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، އެރަށުގައި ފުޓުބޯޅަ ދަނޑާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އައުޓް ޑޯ ޖިމް ތަރައްްޤީކުރުމަށް ސަރުކާރުގެ ކުންފުންޏަކާ ހަވާލުކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ހުރިހާ މަސައްކަތެއް އަމަލީގޮތުން މިއަހަރު ފަށްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މީގެ ކުރިން މަޝްރޫޢޫތައް ކުރިއަށް ގެންދިއުމަށް ދިމާވި ދަތިތައް ކުރިމަތިނުވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ބައެއް ރަށްރަށުގައި މަޝްރޫޢުތައް ހިންގަން ވަރަށް ފަސޭހައިން ބިން ހަމަޖެހުނުނަމަވެސް، ބައެއް ރަށްރަށުގައި އެކަމުގައި ދަތިތަކެއް ހުންނަކަމަށްވެސް ވިދާޅުވިއެވެ. “އެކި ރަށްރަށުގައި ތަފާތުކަން އެބަހުރި. އަޅުގަނޑު އުންމީދުކުރަން ރައްޔިތުންނަށް ގުޅުން ހުރިހުރިހާކަމެއް ހުރިހާ ރަށެއްގައިވެސް ފަސޭހައިން ކުރިއަށް ގެންދެވޭނެކަމށް. އެއީ އަޅުގަނޑުގެ އިލްތިމާސެއް މަސައްކަތްކުރިއަށް ގެންދިއުމަށް ފަސޭހަކޮށްދިނުމަށް.” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނު މަސައްކަތްކުރައްވަނީ ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމަށްކަމަށާއި، އެކަންކަން ކޮށްދިނުމަށް އެމަނިކުފާނު އަބަދުވެސް ހުންނާނީ ރައްޔިތުންނާ އެކުގައިކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި މަޖުބޫރުކޮށްގެން އެއްވެސް ކައުންސިލެއް މާލެ ގެންގޮސްގެން ބައްދަލު ނުކުރާނެކަމަށާއި، އެމަނިކުފާނުގެ ސިޔާސަތަކީ ރަށްރަށަށް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ވަޑައިގެން ބައްދަލުކުރުންކަމަށެވެ. ހަގީގީ މާނާގައި ލާމަރުކަޒީ ކުރުމަށް އެމަނިކުފާނު ބޭނުންވާކަމަށާއި، އަދި ލާމަރުކަޒުކުރާނެ ގޮތް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ވާންވީގޮތް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެ ރައީސް ވަނީ ބައެއް ކައުންސލްތަކުން ބްލޮކް ގްރާންޓާއި، އާމްދަނީގެގޮތުން ލިބޭ ފައިސާ ނުރަނގަޅުގޮތުގައި ބޭނުންކުރާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ބައެއް ކައުންސިލްތަކުން ތަޖުރިބާގެ ދަތުރުތަކުގެ ނަމުގައި ރައްޔިތުންނަށް ފައިދާ ނުވާނެގޮތަށް ބްލޮކް ގްރާންޓު ބޭނުންކޮށްގެން ދަތުރުކުރާކަމަށާއި، އެއީ ޒިންމާދާރު ގޮތެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. ބްލޮކް ކްރާންޓާއި ކައުންސިލަށްދޭ ފައިސާއަކީ ރައްޔިތުން ބޭނުންވާ ކަންކަމަށް އިންވެސްޓުކޮށް އާމްދަނީ ހޯދުމަށާއި، މުނިސިޕަލް ޚިދުމަތް ފޯރުކޯށްދިނުމަށް ބަޖެޓުން ދޭ ފައިސާކަން ރައީސް ފާހަގަކުރެއްވިއެވެ.
“ކޮންމެވެސް ކައުންސިލަކުން މުޅި ކައުންސިލް އެއްކޮށް ބޭރަށް ދަތުރު. ދައުރު ނިމެނިކޮށް ދަތުރު މިކުރަނީ ތަޖުރިބާ ދަތުރުކަމަށް“ ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެންމެ ފުރިހަމައަށް ޒިންމާ އަދާނުކުރާ ކައުންސިލްތައްވެސް އެބަހުރިކަމަށެވެ. އެހެންކަމުން ނުގަވައިދުން ކައުންސިލްގެ ފައިސާ ބޭނުންކުރުން ހުއްޓުވައި ޒިންމާދާރުކުރުވަންޖެހޭކަމަށް ވިދާޅުވެ ރައީސް ވަނީ އެއީ ރައްޔިތުން ބާރުވެރިކުރުވުމަށް މުހިންމު ކަމެއްކަމަށްވެސް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ޢާންމު ރައްޔިތުންކުރާ ވިޔަފާރިތަކަށްވެސް ބައެއް ކައުންސިލްތަކުންވެސް ވަންނަމުންދާކަމަށެވެ. އަދި ލޯކަލް ކައުންސިލް ކުންފުނި އުފެއްދިނަމަވެސް އެ ވިޔަފާރިތަކަށް ވަދެގެން ނުވާނެކަމަށް ވިދާޅުވެ ރައީސް ވަނީ މިސަރުކާރުން ދެމި އޮންނާނީ ރައްޔިތުންގެ ފަޅީގައި ރައްޔިތުން އެދޭގޮތަށްކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވާއިރު، މިދިޔަ ހަފްތާގައި ސަރުކާރުގެ ފަރާތުން ހުށައެޅުއްވި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ވަނީ ފާސްކޮށްފައެވެ. އެއީ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކެއް ކަނޑައަޅާފައިވާ އިޞްލާހުތަކެކެވެ. ޤާނޫނަށް ގެނައި އިޞްލާޙުގައި، އެ ޤާނޫނުގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ޤާނޫނުގައި ކަނޑައެޅުމަށާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ބައެއް އުޞޫލުތައް މުރާޖަޢާކުރުން ހިމެނެއެވެ. އަދި ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރުމަކީވެސް މި އިސްލާޙު ހުށަހެޅުމުގެ ބޭނުމެކެވެ.
އަލަށް ހުށަހެޅި އިސްލާޙުތަކުގެ ތެރޭގައި ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ވަނީ ހިމަނާފައެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިތުރު އިސްލާޙުތަކުގެ ތެރޭގައި ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކް އެކައުންޓްތައް ކައުންސިލްތަކުން ބަލަހައްޓަންވާނީ މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއިން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކް އެކައުންޓްތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއިން އެދިއްޖެ ޙާލަތެއްގައި އެ މަޢުލޫމާތު ކައުންސިލްތަކުން އެ ވުޒާރާއަށް ފޯރުކޮށްދޭންޖެހޭނެކަމަށްވެސް މި އިސްލާޙުގައިވެއެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
