
ކުޑަރިކިލުގެ ރައްޔިތުން އެމަނިކުފާނަށް ކުރެއްވި އިތުބާރުގެ ނަތީޖާ އެރަށުން ފެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކުޑަރިކިލު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވަހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި ރިޔާސީ އިންތިޚާބުގައި ކުޑަރިކިލަށް ވަޑައިގެން ރައްޔިތުން ބޭނުންވާ ކަންކަމުގައި ވަޢުދުތަކެއް ވެވަޑައިގެންފައިވާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އިންތިޚާބުގައި އެމަނިކުފާނަށް ކުރެއްވި އިތުބާރުގެ ނަތީޖާ ދައްކަވައިދެއްވާނެކަމަށާއި، މިހާރު ކަންކަން ތަރުތީބުކުރެވިފައިވާގޮތުން ކުޑަރިކިލުފަދަ ހުރިހާ ރަށެއްގައިވެސް ކުރަންޖެހޭ ކަންކަން ކުރުމަށް ތައްޔާރުވެފައިވާކަމަށެވެ.
ރަށްރަށުގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް މީގެ ކުރިން ދިމާވި ދަތިތައް މިހާރު ހައްލުކޮށް ކުރިއަށްދެވޭނެ މަގު ހޯދާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ ހުރިހާ ވަޢުދެއް ފުއްދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން ފުރަތަމަ ކަމަކަށް އެރަށުގައި ހުއްޓިފައިވާ ފެނާ ނަރުދަމާ ނިޒާމުގެ މަސައްކަތް ހުއްޓިފައި އޮތްއޮތުން ނިމުމަކަށް ގެނެސް، ކުރިއަށްދިއުމަށް ހުރިހާ ތައްޔާރީތަކެއް ނިމިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެ މަސައްކަތް ފެށުމުގެ މަރުހަލާ މިހާރު ހާސިލްކުރެވިފައިވާތީ މިމަހު އެ މަސައްކަތް ފެށި ވަރަށް ބާރު ސްޕީޑުގައި ނުހުއްޓި ކުރިއަށްދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ މަސައްކަތް ގިނަވެގެން 6 މަސްތެރޭ އެއްކޮށް ނިންމަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މަގު ހެދުމަށް ވެފައިވާ ވަޢުދު ފުއްދުމަށް އާރުޑީސީއާ ހަވާލުކޮށްފައިވާކަމަށާއި، ފެނާ ނަރުދަމާ ނިމުމާއެކު މަގު ހެދުން ފެށޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“ފެނާ ނަރުދަމާ ނިމެމުންދާވަރަކަށް މަގު ހެދުން ފެށުމަށް ވަނީ ނިންމާފައި. އެކަން ކުރިއަށްދާނެ” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރަށުގެ ސްކޫލުގައި މިހާރު ހުއްޓިފައިވާ މަސައްކަތްތަކެއް ހުރުމުން، އެކަންވެސް ފަށައި ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާނެކަމަށެވެ. އެ މަސައްކަތް ނިންމާ މަލްޓި ޕާޕަސްހޯލެއްވެސް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. “ހަމައެފަދައިން ސިއްޙީ ނިޒާމުގެ ހަރުދަނާކޮށްދިނުމަކީވެސް އަޅުގަނޑުގެ ވަޢުދެއް. ސިއްޙީ ނިޒާމު ކުރިއެރުމަށް ސިއްޙީ މަރުކަޒު އަޕްގްރޭޑުކުރުން މި ފެށެނީ. އެމަސައްކަތްވެސް ރަނގަޅަށް ކުރިއަށްދާނެ” ރައީސް ވިދާޅުވިއެވެ.
ކުޑަރިކިލުގައި މިސްކިތެއް އެޅުމަށްވެސް ވަޢުދުވެފައިވާކަމަށާއި، ކައުންސިލުން ބިން ހަމަޖެއްޖެހުނުހާ އަވަހަށް އެ މަސައްކަތްވެސް ފެށޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ވަސީލަތްތައް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ފުރިހަމަ ފުޓުބޯޅަދަނޑާއި، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ހޭންޑް ބޯލް ކޯޓު އެޅުންވެސް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. މިހުރިހާ މަސައްކަތްތައް ގާތުން ބައްލަވައި ރައްޔިތުން އެދޭގޮތަށް ފުރިހަމަކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
