
ޔޫރޮޕާ ލީގުގެ ފައިނަލުގައި މެންޗެސްޓަރ ޔުނައިޓެޑް 1-0 ގެ ނަތީޖާއަކުން ބަލިކޮށް ޓޮޓްނަމް ހޮޓްސްޕަރ އިން 17 އަހަރަށްފަހު މުބާރާތެއް ކާމިޔާބުކޮށްފި އެވެ. ސްޕެއިންގެ ބިލްބާލޯގެ ސޭން މަމޭސް ސްޓޭޑިއަމްގައި ސާޅީސް ނުވަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް ޓޮޓްނަމް ހޮޓްސްޕަރ އަށް ކާމިޔާބުކޮށްދީފައިވަނީ ބްރެނަން ޖޯންސަން އެވެ. މި ލަނޑާއެކު ބްރެނަން ޖޯންސަން ވެފައިވަނީ 2010 ވަނަ އަހަރު ފުލަމްގެ ސައިމޮން ޑޭވީސް އަށް ފަހު ޔޫރޮޕާ ލީގުގެ ފައިނަލްގައި ލަނޑެއް ޖެހި ވޭލްސްގެ ފުރަތަމަ ކުޅުންތެރިޔާއަށް ވެފަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑް އިން މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެ ޓީމަށް ލިބުނު ފުރުސަތުތައް ގޯލަކަށް ބަދަލުކުރެވޭ ގޮތް ވަނީ ނުވެފަ އެވެ. ޓޮޓްނަމްގެ ގޯލަށް އަމާޒުކޮށް ހަ ހަމަލައެއް ޔުނައިޓެޑް އިން ފޮނުވާލި ނަމަވެސް ޓޮޓްނަމް އިން ގޯލަށް އަމާޒުކުރި ހަމައެކަނި ހަމަލާއިން ވަނީ މެޗުގެ ނަތީޖާ ބަދަލުވެފަ އެވެ. މި މެޗުން ޓޮޓްނަމް ހޮޓްސްޕަރ މޮޅުވުމާއިއެކު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނީ އެ ޓީމުގެ ގޯކު އެންޖޭ ޕޮސްޓެކޮގްލޫ އަށެވެ. މި ކާމިޔާބީ އާއިއެކު އޭނާ އަކީ އަބަދުވެސް ދެވަނަ ސީޒަނުގައި ތަށި ހޯދާ މީހެއްކަމަށް ބުނަމުން އައި ވާހަކަ ވަނީ ހަގީގަތަކަށް ވެފަ އެވެ.
ޓޮޓްނަމް ހޮޓްސްޕަރ އަށް މި މުބާރާތް ކާމިޔާބު ކުރެވުނު ނަމަވެސް މި ސީޒަނުގައި ޕްރިމިއާ ލީގުގައި ހޯދިފައިވާ ދަށް ނަތީޖާތަކުގެ ސަބަބުން އޭނާއަށް މަގާމުގައި ދެމި ހުރުމާއިމެދު ވަނީ ސުވާލު އުފެދިފަ އެވެ. މި ކާމިޔާބީ އާއިއެކު ޓޮޓްނަމް އަށް އަންނަ އަހަރު އާމްދަނީގެ ގޮތުގައި އިތުރު 100 މިލިއަން ޕައުންޑް ލިބިގެންދާއިރު އެ ޓީމަށް ވަނީ ޗެމްޕިއަންސް ލީގުގެ ފުރުސަތު ކަށަވަރުވެފަ އެވެ. ޓޮޓްނަމް ހޮޓްސްޕަރ އަށް އެންމެ ފަހުން މުބާރާތެއް ކާމިޔާބު ކުރެވިފައިވަނީ 2008 ވަނަ އަހަރު އިނގރޭސި ލީގު ކަޕެވެ. މި މެޗުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެފައިވާއިރު އެ ޓީމަށް އަންނަ ސީޒަނުގައި ޔޫރަޕްގެ ފުޓްބޯޅަ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތެއް ނުލިބޭނެ އެވެ. މިއީ 1990 ވަނަ އަހަރު ޔޫއެފާއިން އިނގިރޭސި ޓީމުތަކަށް އަލުން ފުރުސަތު ދޭން ފެށިފަހުން އެ ޓީމަށް ޔޫރަޕްގެ ފުޓްބޯޅަ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނު ދެވަނަ ފަހަރެވެ.
About Post Author
މާދަމާ ނިއުސް
ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް)...
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
