
ރެއާލް މެޑްރިޑްގެ އިނގިރޭސި މިޑްފީލްޑަރ ޖޫޑް ބެލިންހަމްގެ ކޮނޑު ހުޅަށް ލިބިފައިވާ އަނިޔާއިން ރަގަޅުވުމަށް ކުރުމަށް ހަމަޖެހިފައިވާ ސާރޖަރީއަށްފަހު އަންނަ ސީޒަނުގެ ކުރީކޮޅު އޭނާއަށް ނުކުޅެވޭނެކަމަށް އެ ކްލަބުން ބުނެފި އެވެ. އަންނަ މަހު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވާ ކްލަބް ވޯލްޑް ކަޕަށްފަހު ބެލިންހަމްގެ ކޮނޑު ހުޅުގެ ސާރޖަރީއެއް ހެދުމަށް ނިންމާފައިވާކަމަށް ރެއާލް މެޑްރިޑްގެ މެޑިކަލް ޓީމުން ވަނީ ބުނެފަ އެވެ. އަދި މި ސާރޖަރީ އާއި ގުޅިގެން އޭނާއަށް އަންނަ ސީޒަނުގެ ފުރަތަމަ ހަ ހަފްތާގައި ނުކުޅެވޭނެ އެވެ.
އުމުރުން 21 އަހަރުގެ ބެލިންހަމްގެ ކޮނޑު ހުޅަށް ފުރަތަމަ އަނިޔާވެފައިވަނީ 2023 ވަނަ އަހަރު އެވެ. އަދި މި ހުރިހާ ދުވަހު އޭނާ ކުޅެމުން ގޮސްފައިވަނީ އެކަމަށް ދާއިމީ ފަރުވާއެއް ނުހޯދަ އެވެ. އަދި ކޮންމެ މެޗަކަށް އޭނާ ނިކުންނަނީ ކޮނޑު ހުޅު ޓޭޕް ކުރުމަށްފަހުގަ އެވެ. ބެލިންހަމް އަށް އަންނަ ސީޒަން ފެށުމުގެ ކުރިން ކުރިއަށް ގެންދާ ޕްރީ ސީޒަންވެސް ގެއްލިގެންދާއިރު ވޯލްޑްކަޕް ކޮލިފައިންގައި އެންޑޯރާ އާއި ސާރބިޔާ އާއި ދެކޮޅަށް އިނގިރޭސިން ކުޅޭ ދެ މެޗުވެސް އޭނާއަށް ގެއްލޭނެ އެވެ.
އެންޑޯރާ އާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ސެނެގާލް އާއި ދެކޮޅަށް އިނގިރޭސިން ކުޅޭ އެކުވެރިކަމުގެ މެޗަށް އެކުލަވާލާ އިނގިރޭސި ޓީމުގެ ސްކޮޑް މާދަމާ ކޯޗު ތޯމަސް ޓުޗޭލް އިއުލާން ކުރާނެ އެވެ. ނަމަވެސް ފީފާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާ ކްލަބްތަކުގެ ކުޅުންތެރިންނަށް މި ސްކޮޑުން ފުރުސަތު ލިބޭނެތޯ ވަނީ ސުވާލު އުފެދިފަ އެވެ. ޖޫޑް ބެލިންހަމް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވެފައިވަނީ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑް އިން 115 މިލިއަން ޕައުންޑުގެ ފީ އަކަށެވެ.
About Post Author
މާދަމާ ނިއުސް
ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް)...
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
