
ސައުދި އަރަބިއްޔާގެ ސައުދީ ޕްރޯ ލީގުގައި ރޭ އަލް ހަލީޖް އާއި ދެކޮޅަށް އަލް ނަސްރު ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އަލް ނަސްރު އިން ކާމިޔާބުކޮށްފި އެވެ. މި މެޗުން އަލް ނަސްރު މޮޅުވުމާއިއެކު އެ ޓީމަށް ވަނީ 33 މެޗުން 67 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނަ ލިބިފަ އެވެ. ތިންވަނައިގައި އޮތް އަލް ގަދްސިއާ އަށް 67 ޕޮއިންޓް ލިބިފައިވާއިރު ލީގުގައި ބާކީ އޮތީ އެންމެ މެޗެކެވެ. ލީގުގެ ތިންވަނަ އަށް ދާ ޓީމަކަށް އަންނަ ސީޒަނުގެ އޭއެފްސީ ޗެމްޕިއަންސް ލީގު 2 އިން ފުރުސަތު ލިބިގެންދާއިރު އެއްވަނަ އަދި ދެވަނަ އަށް ފުރުސަތު ލިބޭނީ ޗެމްޕިއަންސް ލީގު އެލީޓް އިންނެވެ. ލީގުގެ ފަހު މެޗުގައި އަލް ނަސްރު ނިކުންނާނީ އަލް ފާތިހް އާއި ދެކޮޅަށެވެ.
ރިޔާދުގެ އަލް އައްވާލް ޕާކްގައި ކުޅުނު މި މެޗުގެ 15 ވަނަ މިނިޓުގައި ސަޑިއޯ މާނޭ ނަގައިދިން ހުރަހަކުން ޖޯން ދުރާން ވަނީ ލަނޑެއް ޖަހާ އަލް ނަސްރަށް ކުރި ހޯދަދީފަ އެވެ. މި މެޗުގައި އަލް ނަސްރު އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އަލް ނަސްރަށް ލިބުނު ޕެނަލްޓީ އަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 24 ވަނަ ލަނޑެވެ.
About Post Author
މާދަމާ ނިއުސް
ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް)...
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
