
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
އޮލިމްޕިކް ގޭމްސް އާއި ކޮމަންވެލްތު ގޭމްސް ހިމެނޭ ގޮތަށް ބައިނަލްއަޤްވާމީ ބޮޑެތި މުބާރާތްތަކުގައި ރާއްޖޭގެ މަތީ ފަންތީގެ އެތުލީޓުންނަށް ވާދަކުރުމުގެ ފުރުޞަތުތައް އިތުރުކުރުމާއި ގުޅޭ ގޮތުން ލިވަޕޫލް އެފްސީ އާއި އެކު ރާއްޖެއިން މަޝްވަރާ ކޮށްފިއެވެ. މި މަޝްވަރާތައް ކުރިޔަށް ގެންދިޔައީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިނގިރޭސި ފުޓްބޯޅަ ކުލަބު ލިވަލޫޕް އެފްސީގެ އިސްވެރިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އޮފިޝަލުންނާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ އިސްވެރިންނާއެކު ރާއްޖޭގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.
ލިވަޕޫލް އެފްސީގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރގެ ގޮތުގައި ރާއްޖެ ހަމަޖައްސާވުމާއެކު ކުރިޔަށް ގެންދާ މާކެޓިން ކެމްޕޭނަށް އެއްބާރުލުން ދިނުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ އެ ކުލަބުގެ ސީނިއާ މެނޭޖްމެންޓްގެ ދެ ބޭފުޅުންނަކީ ޕާޓްނަޝިޕްސް ޑެލިވަރީގެ ނައިބު ރައީސް ޑޭވިޑް ޕޯލް އާއި އެލްއެފްސީ އެކްސް ވިޒިޓް މޯލްޑިވްސް ޕާޓްނަޝިޕްގެ ގްލޯބަލް ޕާޓްނަޝިޕް ސޭލްސްގެ ޑިރެކްޓަރު އެލެކްސް ފްރޭސަރއެވެ. އަންގާރަ ދުވަހު އެމްއެމްޕީއާރްސީގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އެތުލީޓުންގެ ތަރައްޤީއާއި ދުޅަހެޔޮކަމަށް އެހީތެރިވުމަށް އެއްބާރުލުން ދިނުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެ ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ސެކެއްޓްރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދެވެ.
އެ ބައްދަލުވުމުގައި އެމްއެމްފީއާރްސީގެ މެނޭޖިން ޑިރެކްޓަރ އަދި ރާއްޖޭގެ ކުރީގެ އެންމެ މޮޅު ޓީޓީ ކުޅުންތެރިޔާ އިބްރާހިމް ޝިއުރީ އާއި އެމްއެމްޕީއާރްސީގެ ޗެއާމަން އަބުދުﷲ ގިޔާސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރާއްޖެ އާއި ލިވަޕޫލް އެފްސީ އާއި ދެމެދު ވެފައިވާ ތާރީހީ އެއްބަސްވުމާއި އެކު ރާއްޖެ ލިވަޕޫލްގެ ކުޅުންތެރިންނާ އޮފިޝަލުން ހިމެނޭހެން އެ ކުލަބުން ރާއްޖެ އިޝްތިހާރުކުރުމުގެ ބޮޑު ކެމްޕޭނެއް ފަށާފައިވާއިރު މި ކެމްޕޭން އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމަށް ކުރެއްވި ޒިޔާރަތެއްގައި 3 އޭފްރީލް 2025 ގައެވެ.
ލިވަޕޫލް ގެ “އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު” ގެ ގޮތުގައި ރާއްޖެ ހަމަޖެއްސީ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ފަތުރުވެރިންނަށް ހިތްވަރުދިނުމުގެ ގޮތުން، ތިން އަހަރާއި ހަ މަސް ދުވަހަށް ކުރިއަށްގެންދާ ކެމްޕޭނެއްގެ ދަށުންނެވެ. ރާއްޖޭގައި ލިވަޕޫލްގެ އެކަޑަމީއެއް ގާއިމުކޮށް، ސްޕޯޓްސް ޓޫރިޒަމް ހަރުދަނާ ކުރުމާއި ޑެސްޓިނޭޝަން ބްރޭޑިންގ އިތުރުކުރުން ފަދަ ހަރަކާތްތައް ވެސް މި ކެމްޕޭންގެ ދަށުން ކުރިޔަށްގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް)...
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
