
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިސްލާހުކުރެވުނު ކުޅިވަރު ޤާނޫނުގެ ދަށުން “މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ” އަށް ފުރިހަމަ ބާރުވެރިކަން ލިބި، ވަކި މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި ހިންގަން ފެށޭނެ މަގު ތަނަސްވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކުޅިވަރު ޤާނޫނަށް އިސްލާހުގެނައުމުގެ ބިލު ތަސްދީގުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވީ “ޔުނެސްކޯ ކޮންވެންޝަނާއި ވޯލްޑް އެންޓި ޑޯޕިން ކޯޑާއި އެއްގޮތްވާގޮތުގެ މަތިން ރާއްޖޭގައި ޤާއިމުކުރެވިފައިވާ މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އަށް މުސްތަގިއްލުކަން މިޤާނޫނުގެ ތެރެއިން އެބަ ކަށަވަރުކޮށްދޭ” ކަމަށެވެ.
އަދި އޭގެ ސަބަބުން ކުޅިވަރުގެ އަހްލާގް ރަނގަޅު ކުރުމަށް ވަރަށް ބޮޑަށް ބާރު އެޅިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ ކުރިން އެންޓި ޑޯޕިން އެޖެންސީ ހިންގަމުން އައި ގޮތަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ “މިހާތަނަށް މިއީ ހަމަ ކުޑަކުޑަ ޑެސްކެއް ޤާއިމުކުރެވި، އާދައިގެ ގޮތަކަށް ހައިސިއްޔަތު ދެވިފައިވާ ފަރާތެއް، އެހެންނަމަވެސް މިހާރު މުސްތަގިއްލުކަން ދެވުނީމަ އޭގެ ސަބަބުން ކުޅިވަރުގެ ޑިސިޕްލިން ރަނގަޅު ކުރުމުގައި ވަރަށް ބޮޑަށް ބާރުއެޅިގެންދާނެ” ކަމަށެވެ.
މީގެ ކުރިން ރާއްޖޭގައި އެންޓި ޑޯޕިން އެޖެންސީގެ ޚިދުމަތް ދިނީ ކުޅިވަރު ވުޒާރާގެ ޑެސްކަކުންނެވެ. އެހެންނަމަވެސް މިނިވަން މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި އެ އެޖެންސީ ހިންގުމަށް ޤާނޫނުން ބާރުވެރިކަން ދިނުމާއެކު މި ގެނެވުނު ބަދަލަކީ ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނަށް ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމުގައި މުހިންމު ފިޔަވަޅަކަށް ވާނެކަމަށް ސަރުކާރުން ދެކެއެވެ.
About Post Author
މާދަމާ ނިއުސް
ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް)...
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
