
ޔޫރޮޕާ ލީގު ކާމިޔާބުކޮށްފިނަމަ ތަށި ދައްކާލަން ޕެރޭން ބޭއްވުމުގެ ބަދަލުގައި ކުޅުންތެރިންނަށް ބާބަކިއު އެއް ބާއްވަން އެ ކުލަބުން ނިންމައިފި އެވެ. ޔުނައިޓެޑުން އެންމެ ފަހުން ތައްޓެއް ލިބިގެން ސަޕޯޓަރުންނާއެކު އުފާފާޅު ކުރަން ޕެރޭޑެއް ބޭއްވީ 2013 ވަނަ އަހަރު އެވެ. މި ފަހަރު ތަށި ލިބުނަސް ޕެރޭޑް ނުބާއްވަން ނިންމީ މައިގަނޑު ދެ ސަބަބަކާ ހުރެ އެވެ. އެއީ ކުލަބުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުންނާއި އިނގިޜޭސި ޕްރެމިއާ ލީގުގައި ޔުނައިޓެޑްގެ ނަތީޖާތައް ގޯސްވުމުންނެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ ޔޫރޮޕާ ލީގުގެ ފައިނަލް މެޗު ކާމިޔާބުކޮށްފިނަމަ ޔުނައިޓެޑަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުން ޖާގަ ލިބޭނެ އެވެ. އަދި މިއީ ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތުން ޖާގަ ހޯދަން ޔުނައިޓެޑަށް އޮތް ހަމައެކަނި ފުރުސަތު ވެސްމެ އެވެ. ޔުނައިޓެޑް މިވަގުތު އޮތީ އިނގިރޭސި ލީގުގެ 16 ވަނާގަ އެވެ. މިއީ ކުލަބުގެ ފާއިތުވެދިޔަ 25 އަހަރުގެ ތާރީހުގައި ވެސް އެންމެ ދަށް ނަތީޖާ އެވެ. ޔުނައިޓެޑް ހިންގުމާ މިހާރު ހަވާޅުވެގެން އުޅޭ އިނިއޯސް ގްރޫޕުން ވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. މި ގޮތުން ޔޫރޮޕާ ލީގުގެ ފައިނަލް މެޗު ބަލަން ދާން ކުޅުންތެރިންގެ އާއިލާތަކަށް ދޭން ނިންމާފައިވަނީ ކޮންމެ ކުޅުންތެރިއަކަށް ދެ ޓިކެޓެވެ. ނަމަވެސް ކުޅުންތެރިޔާގެ އަމިއްލަ ހަރަދުގައި ހުރުމާއި ކެއުން އައި އެއާ ޓިކެޓް ހަމަޖައްސާނަމަ ޔުނައިޓެޑުން ދަނޑަށް ވަނުމަށް ޓިކެޓް ހަމަޖައްސައިދޭނެ ކަމަށް ވަނީ ބުނެފަ އެވެ. މީގެ ކުރިން ޔުނައިޓެޑުގެ މެނޭޖްމަންޓުން ވަނީ ހެނދުނު ނާސްތާ ހިލޭ ދިނުން ހުއްޓާލައިފަ އެވެ. އަދި ޕާކިން ފީ ނަގަން ފަށައި ކުލަބުގެ މުވައްޒަފުންގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުން ވަނީ މަދުކޮށްފަ އެވެ.
ޔޫރޮޕާ ލީގު ލިބިއްޖެނަމަ ޔުނައިޓެޑުން ޕެރޭޑް ނުބޭއްވި ނަމަވެސް ތަށީ ލިބިއްޖެނަމަ ޓޮޓެންހަމުން ޕެރޭޑް ބާއްވާނެ އެވެ. ނަމަވެސް އެކުލަބުގެ ޕްލޭން އަދި ހާމަ ނުކުރެ އެވެ. މި ސީޒަނުގެ ކަރަބީ ކަޕް ކާމިޔާބު ކުރެވުމުން ނިއުކާސަލް ވަނީ ތައްޓާއެކު ބޮޑު ޕެރޭޑެއް ބާއްވައިފަ އެވެ. އަދި ޔުނައިޓެޑާ އެންމެ ވާދަވެރި ލިވަޕޫލުން އިނގިރޭސި ޕްރެމިއާ ލީގުގެ ތައްޓާއެކު މި މަހުގެ 26 ވަނަ ދުވަހު ބޮޑު ޕެރޭޑެއް ބާއްވާނެ އެވެ. އަދި އެފްއޭކަޕް ކާމިޔާބު ކުރެވުމުން ކްރިސްޓަލް ޕެލަސް ވެސް ބޮޑު ޕެރޭޑެއް ބާއްވާނެ އެވެ. ނަމަވެސް ޔުނައިޓެޑުން މިކަން ނުކުރަނީ ނަތީޖާ ދަށްވެ ސަޕޯޓަރުންގެ ރުޅިވެރިކަން އިތުރުވެފައިވާތީ އެވެ.
About Post Author
މާދަމާ ނިއުސް
ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް)...
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
