
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
ރާއްޖޭގެ ތާރީހުގައި އެންމެ އަވަހަށް 1 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރާނެ އަހަރަށް މިއަހަރު ވެދާނެކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާއްމުކުރެއްވި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް ރާއްޖެއަށް ވަނީ 912109 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާއްމުކުރެއްވި ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 912109 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، 1 މިލިއަން ފަތުރުވެރިން ހަމަކުރަން ބޭނުންވަނީ 87891 ފަތުރުވެރިންނެވެ.
ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު ރާއްޖެއަށް އެންމެ އަވަހަށް 1 މިލިއަން ފަތުރުވެރިން ހަމަކޮށްފައިވަނީ މިދިޔަ އަހަރުއެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައިމަހުގެ 27 ވަނަ ދުވަހު ރާއްޖެއަށް ވަނީ 1 މިލިއަން ފަތުރުވެރިން ހަމަވެފައެވެ. އެހެންކަމުން މިއަހަރުގެ ޖުލައިމަހުގެ 27 ވަނަ ދުވަހުގެ ކުރިން ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފިނަމަ އެއީ އައު ރެކޯޑަކަށް ވެގެންދާނެއެވެ. އަދި ރާއްޖެއަށް މިހާރު ދުވާލަކު އަންނަ ފަތުރުވެރިންގެ އަދަދަށް ބަލާއިރު މިއީ ހާސިލުކުރަން ފަސޭހަ އަމާޒެއްކަންވެސް ފާހަގަކޮށްލެވެއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 912109 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 843356 ފަތުރުވެރިންނާއި އަޅާބަލާއިރު 8.2 އިންސައްތަ އިތުރު އަދަދެކެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު 6658 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކަށް ބަލާއިރު މި ލިސްޓުގެ އެއްވަނާގައި އޮތީ ޗައިނާއެވެ. މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 105191 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. 2 ވަނާގައި އޮތް ރަޝިޔާއިން 98419 ފަތުރުވެރިން، އަދި 3 ވަނާގައި އޮތް އިނގިރޭސިވިލާތުން 93853 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 5 ޤައުމު
- ޗައިނާ 105191
- ރަޝިޔާ 98419
- އިނގިރޭސިވިލާތް 93853
- އިޓަލީ 79737
- ޖަރުމަންވިލާތް 70011
މިއަހަރުގެ މިހާތަނަށް މިލިއަނަކާއި ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރާއްޖެއިން މިއަހަރު ކަނޑައަޅާފައިވާ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިންނެވެ. މިދިޔަ އަަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެއީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި އަހަރެވެ. ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ 2.3 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ސަރުކާރުން ކުރަމުންނެވެ. އެގޮތުން މިހާތަނަށް ފަތުރުވެރިކަން ފުޅާކުރެވިފައި ނެތް ހދ. އަތޮޅު، ތ. އަތޮޅު ފަދަ އަތޮޅުތަކުގައި، މި އަހަރުގެ ތެރޭގައި އިންވެސްޓް ކުރުމަށް ލުއިތަކެއް ދީގެންނާއި، އެނޫން އިންސެންޓިވްސް ދީގެން، ރިޒޯޓުތައް ހެދުމުގެ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ.
ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން ސަރުކާރުން ފާއިތުވި އަހަރު ވާނީ ވައިޑް ބޮޑީ އެއަރ ކްރާފްޓް އިފުތިތާހު ކޮށްފައެވެ. އެއާއެކު ޗައިނާގެ އިތުރު ސިޓީތަކަށާއި، އެހެނިހެން ސަރަހައްދުތަކަށް ޤައުމީ އެއަރލައިންގެ އިންޓަރނޭޝަނަލް އޮޕަރޭޝަން ވަނީ ފުޅާކޮށްފައެވެ. އަދި ވައިޑް ބޮޑީގެ އިތުރު އެއަރކްރާފްޓެއް ރާއްޖެ ގެނެސް ޔޫރަޕުގެ ބައެއް މަންޒިލްތަކަށްވެސް، ޤައުމީ އެއަރލައިން ސީދާ ދަތުރުތައް ފެށުމަށް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ދަރަނިތައް ދެއްކުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް...
ހަމަލާ ދިނީ ސަރުކާރުންނޭ މޭޔަރު ވިދާޅުވި ވާހަކައަކީ ވަރަށް ދަށުދަރަޖައިގެ އިތުރުފުޅެއް: މުންދު
މާލޭގެ މޭޔަރު އާދަމް އާޒިމަށް މުޒާހަރާއެއްގެ ތެރެއިން ބަޔަކު ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށް އޭނާ ކުރެއްވި ތުހުމަތުތައް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު...
މީހަކު އާޒިމް ކޮށްޕާލުން: ތަހުގީގަކާ ނުލައި އާޒިމް ނިންމީ އެއީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް!
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި މުޒާހަރާއެއްގެ ތެރެއިން މީހަކު އޭނާއަށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އާޒިމް...
ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވި
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ. މި މުއްދަތުގައި ރާއްޖެއަށް...
ބަންކަރިން ޚިދުމަތާއެކު އެސްޓީއޯގެ ވިޔަފާރިއަށްވެސް ކުރިއެރުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ދައްކާގޮތުގައި، އެކުންފުނީގެ އާމްދަނީއަށް ލިބުނު ބޮޑު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ތެލުގެ...
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން...
