
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ބީޑަބްލިއުއެފް އިން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑް ކުރުން އެއީ “ސަރޕްރައިޒެއް ނޫން” ކަމަށާއި ބޭނުންވަނީ ދޫދީގެން ކަންކަން ހައްލުކުރުމަށް ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ. ބައިނަލްއަޤްވާމީ ބެޑްމިންޓަން ފެޑެރޭޝަނުން ރާއްޖެ ސަސްޕެންޑު ކުރުމާއި ގުޅޭގޮތުން ޠަލާލް ވިދާޅުވީ އެކަން އެގޮތަށް ކޮށްފާނެކަމަށް ކުރިންވެސް އޮތީ ވިސްނިފަ ކަމަށެވެ. އަދި ރާއްޖެ ސަަސްޕެންޑްކޮށް އެ ފެޑެރޭޝަނުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށް ފޮނުވި ސިޓީގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ ކަމަކީ ނިމިދިޔަ ދައުރު ހަމަވެފައިވާ ހިންގާ ކޮމިޓީގެ މެންބަރަކު އެޑްހޮކް ކޮމިޓީގައި ހިމެނިފައި ނުވުންކަމަށް ޠަލާލް ފާހަގަ ކުރެއްވިއެވެ.
ޠަލާލް ވިދާޅުވީ އެންމެ ފަހުގެ ދައުރު ހަމަވެފައިވާ އެކްސްކޯގެ މެންބަރުންގެ އެއްބާރުލުން ހޯދަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ވަރަށް ގިނަ މަސައްކަތްތައް ކުރިކަމަށާއި ބީޑަބްލިއުއެފް އާއެކު އެއްބަސްވެވުނު 5 މެންބަރުންގެ އެޑްހޮކް ކޮމިޓީ އެކުލަވާނުލެވި އެމްއޯސީން އެ ކޮމިޓީން ވަކިވިކަން އަންގާފައި ވަނީވެސް ދައުރު ހަމަވެފައިވާ އެންމެ ފަހުގެ އިންތިޚާބީ އެކްސްކޯގެ އެއްބާރުލުން ނުލިބި ކޮމިޓީގެ ކަންކަން އިންތިޒާމު ކުރުމުގައި ދުވަސް ނަގައި ކަންކަން ދިގުލައިގެންދާތީކަމަށެވެ.
އެހެންކަމުން ދެން އިތުރަށް ކުރަން އޮތް ކަމަކީ އަނެއްކާވެސް އެމްއޯސީ އިން އެކުލަވާލާފައިވާ 3 މެންބަރުންގެ އެޑް ހޮކް ކޮމިޓީގައި އެންމެ ފަހުގެ ދައުރު ހަމަވެފައިވާ އިންތިޚާބީ އެކްސްކޯ ގެ ބައިވެރިވުން ހޯދުމަށް މަސައްކަތް ކުރުން ކަމަށް ޠަލާލް ވިދާޅުވިއެވެ. އަދި އެ ކޮމިޓީގައި އެ އެކްސްކޯގެ މެންބަރަކު ހިމެނުމަށް އިޢުތިރާޒު ނުކުރައްވާ ކަމަށްވެސް ޠަލާލް ވިދާޅުވިއެވެ. ޠަލާލް އިތުރަށް ފާހަގަކުރެއްވީ “އެހެންނަމަވެސް، އެގޮތުުން ކުރެވޭ މަސައްކަތުގައިވެސް އެ އެކްސްކޯގެ މެންބަރުންގެ އެއްބާރުލުން ނުލިބޭނަމަ، އަޅުގަނޑުމެންގެ ނިންމުމާ އެއްގޮތަށް ކުރިއަށް ގޮސް އާ އެކްސްކޯ އިންތިޚާބު ކުރުން ކުރިއަށް ގެންދާނީ” ކަމަށެވެ. ޠަލާލް ވިދާޅުވީ ޙަޤީޤަތުގައި ބީޑަބްލިއުއެފް އިން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝާން ސަސްޕެންޑްކޮށް ފޮނުވި ސިޓީ ކިޔާލުމުން އެސިޓީން އެންމެ ބޮޑަށް ދޭހަވީ ސަސްޕެންޝަނަކަށް ދާންޖެހުނީ އެންމެ ފަހުން އިންތިޚާބު ކުރެވި، ދައުރު ހަމަވެފައިވާ އެކްސްކޯގެ މެންބަރުންގެ އިޙުމާލުންކަމަށް ނުވަތަ އެ އެކްސްކޯގެ އަމަލުތައް ހުރިގޮތުން ކަމަށެވެ.
“ކުޅިވަރަށް ޚާއްސަކޮށް ބެޑްމިންޓަނަށް ހެޔޮ އެދޭނަމަ، އަދި ރާއްޖެއަށް ރީތި ނަން ލިބެން އެ ބޭފުޅުން އެދޭނަމަ، މިހާރު އޮންނާނީ މިކަން ނިމިފަ. އެހެންނަމަވެސް އެ ބޭފުޅުން އެގޮތަށް ބޭނުން ނުވާތީ، މިއަދު މިހާ ހިސާބަށް ދާން މިޖެހުނީ” ޠަލާލް ވިދާޅުވިއެވެ. އަދިވެސް ދޫ ދޭންޖެހޭ ތަންތާ ދޫ ދީގެންވެސް ރާއްޖޭގެ ބެޑްމިންޓަންގައި ހުރި މައްސަލަތައް ޙައްލުކޮށް ކުރިއަށް ދިއުމަކީ ކޮމިޝަނަރއޮފް ސްޕޯޓްސްގެ އަމާޒު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
