
(ފޮޓޯ ކްރެޑިޓްސް: ބީއޭއެމް)
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ބެޓްމިންޓަންގެ ބައިނަލްއަޤްވާމީ މައި އިދާރާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީ.ޑަބްލިއު.އެފް) އިން ރާއްޖެ ސަސްޕެންޑް ކޮށްފިއެވެ. އެ އިދާރާއިން ރާއްޖެ ސަސްޕެންޑް ކުރީ ކޮމިޝަނާރ އޮފް ސްޕޯޓްސް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އެކުލަވާލި އެޑްހޮކް ކޮމިޓީގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރީގެ މެމްބަރެއް ހިމެނިފައިނުވާކަމަށް ބުނެ، ނުފޫޒު ފޯރުވާފައިވާކަމަށް ބީޑަބްލިއުއެފްއަށް ފާހަގަކުރެވިފައި ވާތީއެވެ.
ރާއްޖެ ސަސްޕެންޑްކޮށްފައިވާކަމަށް އަންގާފައިވަނީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ސެކެޓްރީ ޖެނެރަލް ތަމޫހް އަހުމަދަށް އެޑްރެސްކޮށް ބީޑަބްލިއުއެފްގެ ސެކެޓްރީ ޖެނެރަލް ތޯމަސް ލުންޑް ފޮނުވާފައިވާ ސިޓީއެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސިޓީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއަށް ލިބިފައިވަނީ މިދިޔަ ހުކުރު ދުވަހެވެ. ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ވަގުތީ ހިންގާ ކޮމިޓީއަށް މެންބަރުން އައްޔަން ކުރުމުގައި އެ އެސޯސިއޭޝަންގެ އިސްވެރިންގެ މެދުގައި ދެބަސްވުންތައް އުފެދި ހިންގާ ކޮމިޓީ އެކުލަވާނުލެވި ވަނީ ގިނަދުވަސްތަކެއް ފާއިތުވެފައެވެ. އަދި ސްޕޯސްޓް މިނިސްޓްރީން ވަނީ އެ އެސޯސިއޭޝަން އަލުން އިޔާދަކުރުމަށް ފުރުސަތުދީ އެސޯސިއޭޝަނުގެ ޤާނޫނީ ހައިސިއްޔަތުވެސް ވަގުތީ ގޮތުން އުވާލާފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
