
މިއަދަކީ މެރިޓައިމް ދާއިރާއިން ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އަންހެން ކަނބަލުންގެ ދުވަހެއެވެ. މި ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ މެރިޓައިމް ދާއިރާގެ އަންހެން ކަނބަލުންނަށް އަރިސްކުރަމެެވެ. މޯލްޑިވްސް ސްޓޭޓް ޝިޕިންގް (އެމްއެސްއެސް) އިން މެރިޓައިމް ސިނާއަތުގައި ހިމެނޭ ބޯޓުފަހަރުގެ ކަންކަމާއި ލޮޖިސްޓިކްސް ބެލެހެއްޓުމުގައި ކުންފުނީގެ ކަނބަލުންގެ ޙިއްސާ ފަޙްވެރިވެރިވާހާ ބޮޑެވެ. އެ ކުންފުނީގެ މުވައްޒަފަކު ވިދާޅުވީ، އެމްއެސްއެސް ގައި މިންތީގެ ހަމަހަމަކަން ޤާއިމުކޮށް އަންހެނުންނަށް މި ދާއިރާއިން ގިނަ ފުރުޞަތުތައް ތަނަވަސްވެގެން ދިޔުމަކީ މެރިޓައިމް ދާއިރާއިން ފާހަގަކުރާ އަންހެނުންގެ ދުވަހު އެ ކަނބަލުން އެންމެ އުއްމީދުކުރާ ކަންތައްތައް ކަމަށް ވިދާޅުވިއެވެ.
“ރާއްޖޭގެ އިޤްތިޞާދު ހިންގުމުގައި މުހިއްމު ދައުރެއް އަދާކުރާ އާގުބޯޓުފަހަރުގެ މޫވްމެންޓްތައް ބަލައި، އެ އުޅަނދުފަހަރާ ގުޅޭ ލޯޖިސްޓިކްސް ޒިންމާދާރުކަމާއެކު ބެލެހެއްޓުމަކީ އަޅުގަނޑު ވަރަށް އުފަލުން، ކުރާހިތުން ކުރާ ކަމެއް ކަމަށާއި، އެމްއެސްއެސްގެ އަންހެން މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރަނީ ޤައުމީ ޙިދުމަތެއްގެ ގޮތުގައި ދެކެގެން” ކަމަށް ވިދާޅުވި އެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރު “އެން އޯޝަން އޮފް އޮޕޮޗޫނިޓީޒް” އާއި ގުޅުވައިގެން މި ދާއިރާގައި ހުރި ގިނަ ފުރުޞަތުތަކުގެ ހޭލުންތެރިކުރުމުގެ ސެޝަން އެއް އެމްއެސް އާއި އެމްއެންޔޫ އެއްކޮށް ވަނީ ރާވާފައެވެ. މި ސެޝަންގައި މެރިޓައިމް ސިނާއަތުގައި އަންހެން ކަނބަލުންނަށް އޮފީހުގައި އަދި ބޯޓުގައި އަދި ބައިނަލްއަޤްވާމީ މާކެޓުގައި ހުރި ފުރުޞަތުތަކަށް އަލި އަޅުވާލާނެއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއެސްއެސް)
މެރިޓަައިމް ދާއިރާއިން އަންހެނުންނަށް ހުރަހެއްނެތް މަސައްކަތުގެ މާހައުލެއް ހޯދައިދުނަމަކީ އެ ކަނބަލުންގެ ގޮވާލުމެއް ކަމަށާއި އަންހެނުންނަށް މެރިޓައިމް ދާއިރާގެ ހުރިހާ މަސައްކަތްތައްވެސް ކުރެވޭ އަދި ބޭނުމީ ފުރުޞަތާއި ނަތިޖާ ދެއްކުމުގައި އެ ކަނބަލުން އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. މެރިޓައިމްދާއިރާގައި އަންހެނުން ބައިވެރިކުރުމާއެކު، މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އައި.އެމް.އޯއިން ކުރަމުންދާ މަސައްކަތުގައި ރާއްޖޭއިން ފުރިހަމައަށް ބައިވެރިވުމަކީ އެ ކަނބަލުން އެެދޭ ގޮތް ކަމަށާއި މިއަދު އަންހެނުންގެ އަދަދު މަދުވެދާނެ، ނަމަވެސް މާދަމާ ހަމަހަމަަކަން ގާއިމްވުމަކީ ކުރެވޭ ވަރަށް ބޮޑު އުއްމީދެއް ކަމަށް ފާހަގަކުރެވިއެވެ. މެރިޓައިމްދާއިރާއަށް އަންހެނުން ރެކްރޫޓްކުރުމާއި، ދާއިރާގައި މަސައްކަތުގައި ދެމިތިބުމަށް ހިތްވަރު ދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ވަޒީފާ އަދާކުރުމާއި، އަދި މެރިޓައިމް ދާއިރާގައި މިހާރު އޮތް ޖެންޑަރ އިމްބެލެންސް ހައްލުކުރުމަށާއި އަންހެނުންގެ ބައިވެރިވުން މި ދާއިރާގައި އިތުރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށާއި، އެކަމާ އެ ކަނބަލުން ވަރަށް އުފާވޭ ކަމަށް ވިދާޅުވިއެވެ.
“މެރިޓައިމް ކޮމިއުނިޓީއާއި، ބޯޓުފަހަރުގަައި އަންހެނުން މިހާރަށްވުރެ ހާމަކަން ބޮޑުގޮތެއްގައި މަސައްކަތް ކުރުމުގެ މުހިންމުކަން އަޅުގަނޑު ފާހަގަކޮށް، ފުރުސަތު ދެއްވާ، ކަނބަލުން ނަތީޖާ ނެރޭނެ” ކަމަށް ވިދާޅުވިއެވެ. މެރިޓައިމް ދާއިރާގައި ކަނބަލުންގެ އިސް ދައުރު ދުނިޔޭގެ އެކި ހިސާބުތަކުން ފެނި، ރާއްޖޭގެ އަަަންހެނުންނަކީ ވެސް ހިތްވަރުގަދަ ބައެއް އެވެ. މޯލްޑިވްސް ސްޓޭޓް ޝިޕިންގް ގެ މެނޭޖްމެންޓަކީ ކުންފުނީގެ އަންހެން މުވައްޒަފުންނަށް ހިތްވަރުދީ، ކަނބަލުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރާ މެނޭޖްމެންޓެކަމަށާއި، އެކަމަށްޓަކައި މެރިޓަައިމް ދާއިރާއިން ނުހަނު ޝުކުރުވެރިވާ ކަމަަށް ވިދާޅުވި އެވެ. “އެމްއެސްއެސްގެ ހީވާގި ކަނބަލުންނަކީ އެމްއެސްއެސްގެ އެންމެހާ މަސްއޫލިއްޔަތުތަކައީ ޒިންމާތައް ފުރިހަމައަށް އަދާކުރުންމަތީ ދެމިތިބޭ ހީވާގީ ކަނބަލުންކަމަށާއި އަޅުގަނޑުމެންގެ ކުންފުންޏާ މެދު އަޅުގަނޑުމެން ފަޙްރުވެރިވަން” އެވެ.
About Post Author
މާދަމާ ނިއުސް
ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް)...
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
