
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޕީއެސްއެމްއިން މިއަހަރު ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ އެއްވަނަ އައިޝަތު ބިންތު އިބްރާހީމް ރަޝީދު ހަސަން ހޯދައިފިއެވެ. ގުރުއާން މުބާރާތުގެ ނަތީޖާ އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުއެވެ. 973 ކުދިން ބައިވެރިވި ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތް 1446 ކުރިއަށް ގެންގޮސްފައިވަނީ، 3 އުމުރުފުރާއަކަށް ބަހާލައިގެނެވެ. މުބާރާތުގެ ނަތީޖާ އިއުލާންކުރުމަށް ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުއެވެ.
މި ރަސްމިއްޔާތުގައި ޤުރުއާން ކިޔެވުމުގެ މުބާރާތުން ކޮންމެ އުމުރުފުރާއަކުން އެއްވަނަ، ދެވަނަ، ތިންވަނަ އަދި މުޅި މުބާރާތުގެ އެއްވަނަ ދެވަނަ ތިންވަނައަށް ހޮވުނު ކުދިންނަށް ހަނދާނީ ލިއުމާއި ޓްރޮފީއާއި އިނާމު ވަނީ ހަވާލުކޮށްފައެވެ. މުޅި މުބާރާތުން އެއްވަނައަށް ހޮވިފައިވަނީ، ހދ. ކުޅުދުއްފުށީ ޝަބްނަމީގެ، އައިޝަތު ބިންތު އިބްރާހީމް ރަޝީދު ހަސަން އެވެ. އޭނާ ވަނީ މުޅި މުބާރާތުގެ އެއްވަނަ ހޯދުމުގެ އިތުރުން އޭނާ ކިޔެވި އުމުރުފުރާ ކަމަށްވާ، 7 އަހަރާއި 10 އަހަރުގެ އުމުރުފުރާއިންވެސް 1 ވަނަ ހޯދާފައެވެ. އެއްވަނަ ހޮވުނު އައިޝަތު ބިންތު އިބްރާހީމް ރަޝީދު ހަސަންއަށް ކުއްޖާއަށް ހަނދާނީ ލިޔުމާއި ޓްރޮފީގެ އިތުރުން 15،000ރ ގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.
މުބާރާތުގެ ދެވަނައަށް ގޮސްފައިވަނީ ގ.އަލިއާބާދު، މިޝްޔާ ބިންތު ހަސަން ސަލާހު އެވެ. މުބާރާތުގެ ދެވަނައިގެ އިތުރުން 10 އަހަރާއި 12 އަހަރާއި ދެމެދު އުމުރުފުރާއިން އޭނާ ވަނީ 1 ވަނަ ހޯދާފައެވެ. މިޝްޔާއަށް ހަނދާނީ ލިޔުމާއި ޓްރޮފީގެ އިތުރުން 10،000ރ ގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. މުޅި މުބާރާތުގެ 3 ވަނަ ހޯދާފައިވަނީ 10 އަހަރާއި 12 އަހަރާއި ދެމެދު އުމުރުފުރާއިން 2 ވަނަ ހޯދި، ވ.ޅަސަނދު، މުޙައްމަދު މަޢާން ބިން މުންތަޒިމްއެވެ. އޭނާއަށް ހަނދާނީ ލިޔުމާއި ޓްެރޮފީގެ އިތުރުން 7،000ރ. ގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވާހަކަ ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ ޤުރުއާން މުބާރާތްތައް ބޭއްވުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އަދި މީގެ އެތައް އަހަރެއް ކުރީއްސުރެ، ރާއްޖޭގައި ޤުރުއާން މުބާރާތްތައް ބާއްވަން ފަށާފައިވާއިރު، މިހާހިސާބަށްވެސް އެކަމަށް އޮންނަ ލޯތްބާއި ޝައުޤުވެރިކަން ފަނޑުނުވެ މިފަދަ މުބާރާތްތަކުގައި ބައިވެރިވުން އިތުރުވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
“އަޅުގަނޑު އުއްމީދުކުރަނީ މިއަދު ޤުރުއާން މުބާރާތުގައި ބައިވެރިވާ ތިޔަ ތުއްތު ކުދިންނާއި، ރާއްޖޭގެ ޒުވާން ޖީލުތަކުގެ ބޭފުޅުންވެސް، ޤުރުއާން ކިޔެވުމަކީ މުބާރާތަކަށްވާ ތައްޔާރީއެއްގެ ބަދަލުގައި ހަމަ ހުރިހާ ބޭފުޅުން ޤުރުއާން ކިޔެވުމަކީ ދިރިއުޅުމުގެ ބައެއްކަމުގައި ހެއްދެވުމަށް އިލްތިމާސްކުރަން. މިއީ ވަރަށް މުހިންމު ކަމެއް، ހާއްސަކޮށް ތުއްތު ކުދިން ޤުރުއާން މުބާރާތަކަށް ތައްޔާރުވެގެންދާއިރު އެ އާދަ އަށަގެންނެވުމަށް ޓަކައި، އަބަދުވެސް ކުރާ ކަމެއްގެ ގޮތުގައި ހެދިއްޖެއިއްޔާ އެކުދިންގެ ތަރުބަވީ ހަޔާތައް ވަރަށް ބޮޑެތި ފައިދާތަކެއް ކުރަމުންދާނެ” ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޔާމީން ވިދާޅުވީ މިމަސައްކަތަކީ ރޭޑިއޯ އަދި ޓީ ޕްރޮޑަކްޝަން ގުޅިގެން ހާއްސަ އިސްކަމެއް ދެވިގެން ވަރަށް ޝައުޤުވެރިކަމާއެކު ކުރިއަށް ގެންދެވުނު މަސައްކަތެއްކަމަށެވެ. އަދި މިމުބާރާތް މާލޭގައި ބޭއްވުނު ކަމުގައިވިއަސް އަތޮޅުތަކުން ގިނަ އަދަދަކަށް ކުދިން މުބާރާތުގައި ބައިވެރިވިކަން ޔާމީން ފާހަގަކުރެއްވިއެވެ. ޔާމީންގެ ވާހަކަފުޅުގައި ޕީއެސްއެމްއިން ޤުރުއާނާއި ގުޅޭ ކޮންޓެންޓް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
“މެދުކެނޑިފައި އޮތް އަލްނޫރް ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތް ކުރިއަށް ގެންދިއުމަށް މަސައްކަތް ދަނީ ކުރަމުން. އަދި މިހާރު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއިއެކު ކުރިއަށްދާ މަޝްވަރާތަކަށް ފަހު މިއަހަރު ތެރޭ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެ” ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ ޔާމީން ވިދާޅުވިއެވެ. ޕީއެސްއެމްއިން ބާއްވާ ކުޑަކުދިންގެ ގުރުއާން މުބާރާތަކީ ކުޑަކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި އިތުރު ކުރުމަށާއި ތަޖުވީދުގެ ހަމަތަކަށް ކިޔެވުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތަކެވެ. މިއަހަރުގެ މުބާރާތްވެސް ވަރަށް ފުރިހަމައަށް ކުރިއަށްގެންގޮސްފައިވާއިރު، އަންނަ އަހަރު މިއަށް ވުރެވެސް ފުރިހަމައަށް މުބާރާތް ބޭއްވުމަށް މަސައްކަތް ކުރާނެއެވެ.
About Post Author
މާދަމާ ނިއުސް
ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ދަރަނިތައް ދެއްކުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް...
ހަމަލާ ދިނީ ސަރުކާރުންނޭ މޭޔަރު ވިދާޅުވި ވާހަކައަކީ ވަރަށް ދަށުދަރަޖައިގެ އިތުރުފުޅެއް: މުންދު
މާލޭގެ މޭޔަރު އާދަމް އާޒިމަށް މުޒާހަރާއެއްގެ ތެރެއިން ބަޔަކު ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށް އޭނާ ކުރެއްވި ތުހުމަތުތައް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު...
މީހަކު އާޒިމް ކޮށްޕާލުން: ތަހުގީގަކާ ނުލައި އާޒިމް ނިންމީ އެއީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް!
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި މުޒާހަރާއެއްގެ ތެރެއިން މީހަކު އޭނާއަށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އާޒިމް...
ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވި
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ. މި މުއްދަތުގައި ރާއްޖެއަށް...
ބަންކަރިން ޚިދުމަތާއެކު އެސްޓީއޯގެ ވިޔަފާރިއަށްވެސް ކުރިއެރުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ދައްކާގޮތުގައި، އެކުންފުނީގެ އާމްދަނީއަށް ލިބުނު ބޮޑު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ތެލުގެ...
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން...
