
ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދުމުން ޗެމްޕިއަންސް ލީގަށް އޮޓެމެޓިކް ޖާގަ ދޭން ނުޖެހޭ ކަމަށް ބުނެ އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ވާހަކަ ދެއްކުމުން، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓްނަމް ހޮޓްސްޕާގެ ކޯޗު ރައްދު ދީފިއެވެ. އިނގިރޭސިވިލާތުގެ މި ދެ ޓީމަކީ މި އަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލްގައި ކުޅޭނެ ދެ ޓީމެވެ. ނަމަވެސް އިނގިރޭސި ލީގުގައި މި ދެ ޓީމު ވެސް އުޅެނީ ޓޭބަލުގެ ވަރަށް ފަހަތުގަ އެވެ. ޔުނައިޓެޑް 16 ވަނާގަ އެވެ. ޓޮޓެންހަމް 17 ވަނާގަ އެވެ. ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ޗީފް އޮފް ގްލޯބަލް ޑިވެލޮޕްމަންޓްގެ މަގާމުގައި ހުންނެވި ވެންގާ ބުނީ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދުމުން ޗެމްޕިއަންސް ލީގުން އޮޓެމެޓިކް ޖާގަ އެއް ދިނުމަކީ ގޯސް ކަމެއް ކަމަށެވެ.
އަހަރެން ދެކޭ ގޮތުގައި ޔޫރޮޕާ ލީގުގެ ޗެމްޕިއަނުން ޗެމްޕިއަންސް ލީގަށް އޮޓެމެޓިކުން ކޮލިފައިވުމަކި ގޯހެއް. އެހެނެއްނޫން ޗެމްޕިއަން ޓީމު އަނެއް އަހަރުގެ ޔޫރޮޕާ ލީގަށް އޮޓެމެޓިކުން ކޮލިފައިވުން ރަނގަޅު،” ވެންގާ ބުންޏެވެ. އޭނާ އަދި ބުނީ މިހާރު ފޯމެޓް އޮތް ގޮތުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން އިނގިރޭސި ލީގުގެ ގަދަ ފަސް ޓީމަށް ޖާގަ ލިބޭއިރު ހަ ވަނަ ޓީމެއްގެ ގޮތުގައި ޔޫރޮޕާ ލީގުގެ ޗެމްޕިއަން ކޮލިފައިވުމަކީ ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާއިން ވެސް ވިސްނާލުން ރަނގަޅު ކަމެއް ކަމަށެވެ. “ހަމަ މިއާއެކު އަނެއް ބަޔަކު އެބަ ބުނީ ޔޫރޮޕާ ލީގު ފޯރިގަދަކޮށް، އެ މުބާރާތަށް ޓީމުތަކުން ދޭ ސަމާލުކަން ބޮޑު ކުރުމަށް ޗެމްޕިއަންސް ލީގުން ޖާގަ އެއް ދިނުން ރަނގަޅު ކަމަށް. އެހެންވީމާ މި ހުންނަނީ މަޝްވަރާކޮށް، ގޮތެއް ނިންމުން މުހިންމު ކަންކަން،” ވެންގާ ބުންޏެވެ.
މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން މުބާރާތުގެ ސެމީ ފައިނަލުގެ ކުރިން ޓޮޓެންހަމުގެ ކޯޗު އެންޖޭ ޕޮސްޓެކޮގްލޫ ބުނީ ކަމެއް ބަދަލު ކުރާނަމަ އެކަމެއް ކުރަންވާނީ މުބާރާތުގެ ކުރިން ކަމަށެވެ. “މިހާރު ގަވާއިދު އޮތް ގޮތުން ޗެމްޕިއަންކަން ހޯދީމަ ޗެމްޕިއަންސް ލީގުން ޖާގަ އެބަ ލިބޭ. މުބާރާތުގެ ސެމީ ފައިނަލާ ހިސާބަކުން ނޫން އެކަން މައްސަލައަކަށް ވާންވާނީ. ކޮންމެ ވާހަކަ އެއް ވެސް ދެއްކިދާނެ. އެކަމަކު ހަމަޖެހޭ ކަމެއްނޫން އެއީ މިވަގުތު މި މައްސަލައަށް ބަހުސްކޮށް އެހެން ގޮތަކަށް ބަދަލު ކުރުމަކީ،” ކޯޗު ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ވެސް ބުނީ ގަވާއިދުގައި އޮތީ ވަކި ގޮތަކަށް ނިންމާފައި ކަމަށެވެ. “އަހަރެންނަށް ވެސް އެނގޭ ޗެމްޕިއަންސް ލީގަކީ ޗެމްޕިއަނުންގެ މުބާރާތެއްކަން. އެކަމަކު ގަވާއިދުގައި އެބަބުނޭ ވަކި ގޮތަކަށް. އަހަރެން ދަންނަނީ ގަވާއިދު،” އަމޮރިމް ބުންޏެވެ. ވެންގާ ވަނީ އާސެނަލްގެ ކޯޗުކަމުގައި 17 އަހަރު ހޭދަކޮށްފަ އެވެ. އޭނާގެ ކޯޗުކަމުގައި އެންމެ ވާދަވެރި ޓީމަކީ މެންޗެސްޓާ ޔުނައިޓެޑެވެ. އެ ޓީމު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިފިނަމަ އެކަންވާނީ 2010ގައި މުބާރާތް ޔޫރޮޕާ ލީގު ރީބްރޭންޑް ކުރި ފަހުން އަމިއްލަ ލީގުގެ ގަދަ 12ގައި ވެސް ނުހިމެނި ޗެމްޕިއަންސް ލީގު ކުޅޭނެ ފުރަތަމަ ޓީމަށެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
