
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ލީގު ކަޕް 2025 ގައި އޮޑި ސްޕޯޓްސް ކުލަބު ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން ނިއު ރޭޑިއަންޓް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ފަސް ޓީމު ވާދަކުރާ ލީގު ކަޕްގެ، ލީގު ބުރުގައި ބާކީ ދެ މެޗު އޮއްވައި ސެމީ ފައިނަލުގެ ޖާގަތައް ޔަގީންވީ އެވެ. އެ ގޮތުން، މި ވަގުތަށް ބަލާއިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެއް ވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ.
ދެ ވަނައިގައި އޮތް ނިއު އަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އޮޑި އާއި ހަތަރެއްގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އޮޑި އަށް ބާކީ މެޗެއް އޮތް ނަމަވެސް، ޓީސީ އަށް ލީގު ބުރުގައި ދެން މެޗެއް ނެތެވެ. ނިއުރޭޑިއަންޓް މިރޭގެ މެޗުން މޮޅުވުމާއެކު ފުރަތަމަ ތިން މެޗުން ބަލިވި، މަހިބަދޫ ސްޕޯޓްސް ކްލަބް ވަނީ ބާކީ މެޗެއް އޮއްވައި މުބާރާތުން ކަޓައިފަ އެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގައި ނިއުއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ކުރީ ކޮޅު ނިއުގެ ހަމަލާތައް ވަރުގަދަވެގެން ދިޔައިރު 15 ވަނަ މިނިޓުގައި ގާނާގެ ދެކުޅުންތެރިންވެގެން އުފެއްދި ހަމަލާ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.
މެޗުގައި ނިއުއިން ލީޑު ނަގާފަވަނީ ފުރަތަމަ ހާފުގެ 18 ވަނަ މިނިޓުގައި އެޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ގާނާގެ ފޯވާޑް ތޯރިގް ޖެބްރިން ކާމިޔާބު ކުރި ހިތްގައިމު ލަނޑުންނެވެ. އެރިޔާ ބޭރުން ތޯރިގު ގޯލުގެ މަތީކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ގޯލަށް ވަތްއިރު އޮޑީގެ ކީޕަރު މުހައްމަދު ޝަފީއު އަށް ހުރެވުނީ ހަރަކާތް ހުއްޓިފައެވެ. ނިއުރޭޑިއަންޓްގު ލަނޑަށް ފަހު އޮޑިއަށް ލަނޑުޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިބްރާހިމް ވަހީދު ހަސަންއަށެވެ. ކީޕަރު ކައިރިން ނައްޓާލާ އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މެޗުގެ ދެވަނަ ހާފުގައި އޮޑިން ރަނގަޅު އެޓޭކްތަކެއް ކުރި ނަމަވެސް ނިއުގެ ގޯލު ބެލެހެއްޓި ތޮލާލް ހަސަން ވަނީ ގިނަ ހަމަލާތެކެއް ދިފާއުކޮއްފައެވެ. ނިއުގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ މެޗުގެ 72 ވަނަ މިނިޓުގައި ދެވަނަ ހާފުގެ ބަދަލުކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އިބްރާހީމް ރިޒްހާންއެވެ. ލީގު ކަޕްގައި ދެން މެޗުތައް ކުޅޭނީ އަންނަ ބުދަ ދުވަހު އެވެ. އެ ދުވަހު ހަވީރު، ކުޅޭނީ އޮޑި އާއި މާޒިޔާ އެެވެ. އަދި، އެރޭ ކުޅޭ މެޗުގައި، ނިއު އިން މަހިބަދޫއާ ބައްދަލުކުރާނެ އެވެ. އެ މެޗުތަކަށް ފަހު, ސެމީ ފައިނަލްގައި ކުޅެން ޖެހޭ މެޗުތައް ޔަގީންވާނެ އެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
