
ގަދަފަދަ މެންޗެސްޓާ ސިޓީ 1-0 ގެ ނަތީޖާއަކުން ބަލިކޮށް ކްރިސްޓަލް ޕެލަސްއިން އިނގިރޭސި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފިއެވެ. ލަންޑަނުގެ ވެމްބްލީގައި ކުޅުނު ފައިނަލް މެޗުގެ ހަމައެކަނި ލަނޑު 16 ވަނަ މިނިޓްގައި އެބެރޭޗީ އެޒޭ އެވެ. މިއީ 119 އަހަރުވީ ކުލަބުގެ ތާރީހުގައި އެކުލަބުން މި މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދެ ފަހަރު ކްރިސްޓަލް ޕެލަސް ފައިނަލްގައި ކުޅުނެވެ. އެއީ 1990 އަދި 2016 ވަނަ އަހަރު އެވެ. މި މެޗުގެ 36 ވަނަ މިނިޓްގައި ސިޓީ އަށް ޕެނަލްޓީ އެއް ވެސް ލިބުނެވެ. އެކަމަކު އޮމަރު މަރުމޫޝް ޖެހި ޕެނަލްޓީ ކީޕަރު ޑީން ހެންޑަސަން ދިފާއުކުރީ އެވެ.
މިއީ 2016 ވަނަ އަހަރުގެ ފަހުން މެންޗެސްޓާ ސިޓީ އަށް ތައްޓެއް ނުލިބި ނިންމާލަން ޖެހުނު ފުރަތަމަ ސީޒަނެވެ. އަދި އެ ޓީމު މިވަގުތު އޮތީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގަ ވެސް ގެއްލޭ ހިސާބުގަ އެވެ. ރޭގެ މެޗުގެ ނިމުމާއެކު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެންމެ ބޮޑަށް ނުރުހުން ފާޅުކުރީ ކްރިސްޓަލް ޕެލަސްގެ ގޯލްކީޕަރު ޑީން ހެންޑަސަން އަށެވެ. ގާޑިއޯލާ ގަބޫލުކުރާ ގޮތުގައި ކީޕަރަކީ ރަޔްކާޑު ދައްކައި ދަނޑުން ފޮނުވާލަންޖެހޭ ފަދަ ފައުލްކުރި ކުޅުންތެރިއެކެވެ. އެއީ ޕެނަލްޓީ އޭރިޔާގެ ބޭރުން ބޯޅަ ނެގި މައްސަލާގަ އެވެ.
މި ހާ ދަށްކޮށް ސީޒަން ނިންމާލަން ޖެހުނުއިރު ސިޓީ އަކީ ފާއިތުވެދިޔަ ފަސް އަހަރު އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ޓީމެވެ. ނަމަވެސް މި ސީޒަނުގެ ދަށް ނަތީޖާތަކާއެކު މިހާރު ވަނީ ޓީމު ވަރަށް ބޮޑަށް ޒުވާން ކުރަން ފަށައިފަ އެވެ. މެޗަށް ފަހު ހެންޑަސަން ބުނީ ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް އުފާވެފައި ކަމަށެވެ. “އަހަރުމެންނަށް މިއަދު އިހުސާސް ކުރެވޭ މިއީ އަހަރުމެންގެ ދުވަސްކަން. ކޯޗުގެ ގޭމް ޕްލޭނަށް އަހަރުމެން މުޅި މެޗުގައި ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރިން. އަހަރުމެން މި މެޗުން މޮޅުވުން ހައްގު. ހަމަ ތެދެއް. ސިޓީން ހާލަންޑް ޕެނަލްޓީ ނުޖަހައި މަރުމޫޝް އަށް ޕެނަލްޓީ ޖަހަން ދިނުމުން އޭނާ ޖަހާނެ ފަޅި އަހަރެންނަށް އެނގުނު. އަހަރެންނަށް އެހާ ފަސޭހައިން އެ ޕެނަލްޓީ ސޭވް ކުރެވުނީ އެހެންވެ،” ކީޕަރު ބުންޏެވެ.
އޭނާ އަދި ބުނީ މި ކާމިޔާބީ ހާއްސަ ކުރަނީ މި ސީޒަން ފެށުމުގެ ކުރިން ނިޔާވި އޭނާގެ ލޯބިވާ ބައްޕަ އަށް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
