
(ފޮޓޯ ކްރެޑިޓްސް: ސާފް)
މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލްގައި 3-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިކޮށް، މުބާރާތުގެ ފައިނަލަށް އިންޑިއާ ދަތުރުކޮށްފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލް މެޗުގައި މިރޭ ފުރަތަމަ 21 މިނިޓް ތެރޭގައި އިންޑިއާއިން ދެ ގޯލުގެ ލީޑެއް ހޯދިއެވެ. މެޗުގެ ފުރަތަމަ ލަނޑު ޖެހީ 10 ވަނަ މިނިޓްގައި ރާއްޖޭގެ ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅައަކުން ޑެނީ މެއިޓޭއި ލައިޝްރަމް އެވެ. އޭނާ ވާތު ފައިން ޖެހި ބޯޅަ ކީޕަރު ކުރިމަތީގައި ފެނު ޖެހިފައި ގޮސް ގޯލުގެ ތިރީ ކަނަށް ވަންއިރު، އެއްވެސް ކުޅުންތެރިއަކަށް ބޯޅަ ސަލާމަތްކުރަން އެއްވެސް ކަމެއް ނުކުރެވުނެވެ. އޭގެ 11 މިނިޓް ފަހުން އިންޑިޔާގެ ދެ ވަނަ ލަނޑު ޖެހީ ފޯވަޑް އޮމަގް ޑޯޑަމް އެވެ. މިއީ ވެސް ރާއްޖޭގެ ޑިފެންސް ލައިނުގެ މިސްޓޭޓަކުން ޖެހި ލަނޑެކެވެ.
ފަހު ހާފު ބޯވާރޭގެ ތެރޭގައި ކުޅުނު މެޗުގައި އިންޑިއާގެ ތިންވަނަ ލަނޑު ޖެހީ 66 ވަނަ މިނިޓްގައި ޕްރަޝާން ޖާޖޯ އެވެ. މި މެޗުގައި ރާއްޖޭގެ ޓީމަށް އިންޑިޔާގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ބޯޅައެއް ފޮނުވާނުލެވުނެވެ. އޭގެ ބަދަލުގައި މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނު އިންޑިޔާއިން ރާއްޖޭގެ ގޯލަށް ނުރައްކާތެރި ގިނަ ބޯޅަތަކެއް އަމާޒުކުރި އެވެ. ރައްޖޭގެ ގޯލްކީޕަރު ޒަހްރާން ހަސަން ޒިޔާދު މީގެ ސަބަބުން ފެނުނީ ވަރަށް ބިޒީ ކީޕަރެއްގެ ގޮތުގަ އެވެ. މުބާރާތުގެ ފައިނަލަށް އިންޑިޔާ ވާދަކުރާނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ނޭޕާލް ބަލިކުރި ބަނގްލަދޭޝްއާއެވެ. މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ބަނގްލަދޭޝްއާ ކުޅެ އެއްވަރުވީ 2-2އިންނެވެ. އަދި ދެ ވަނަ މެޗުގައި ބޫޓާން އަތުން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ރާއްޖެއަށް ސެމީ ފައިނަލުގައި އިންޑިޔާއާ ވާދަކުރަން ޖެހުނީ ގްރޫޕް އޭގެ ދެވަނަ ލިބުމުންނެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
