
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާބެހޭ ވުޒާރާ)
ކުޅުދުއްފުށި ސިޓީގައި ބާއްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯލް ގޭމްސްއަށް އެ ސިޓީގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބޭނެ ކަމަށާއި، އެކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގވާމީ ބީޗް ހޭންޑްބޯލަ މުބާރާތް ކަމަށްވާ “ކޮމަންވެލްތު ބީޗް ހޭންޑްބޯލް ގޭމްސް” ބާއްވަން ނިންމާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 18-22 އަށް ކުޅުދުއްފުށީ ސިޓީގައެވެ. ކުޅުދުއްފުށި ސިޓީގެ މޭޔަރު އާތިފް ވިދާޅުވީ މިކަމުގައި ހޭންޑްބޯލް މޯލްޑިވްސް އާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރަށް ސިޓީ ކައުންސިލުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަނާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ކުޅިވަރާ ބެހޭ ވުޒާރާއިން މަޝްވަރާކުރުމަށްފަހު މި މުބާރާތް ކުޅުދުއްފުށީގައި ބާއްވަން ނިންމައި ކޮމަންވެލްތަށް ހުށަހެޅި ޕްރޮޕޯސަލް ބަލައިގެންފައިވާއިރު، ކުރިން ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތް ބާއްވަން އުޅުނީ މިދިޔަ އަހަރު ޕާކިސްތާނުގައެވެ. އެހެންނަމަވެސް އޭރުގެ ޕްލޭނާ އެއްގޮތަށް މުބާރާތް ބޭއްވޭ ގޮތެއް ނުވިއެވެ. ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތް ބޭއްވުމުގެ ޝައުގުވެރިކަން ރާއްޖޭގެ ހޭންޑްބޯލް މޯލްޑިވްސްއިން ފާޅުކޮށް ކޮމަންވެލްތަށް ރާއްޖޭން ހުށަހެޅި ޕްރޮޕޯސަލް ބަލައިގެންފައިވާއިރު، މިއީ ކޮމަންވެލެތުގެ ހުރިހާ ގައުމުތަކަށް ދައުވަތުދީގެން ކުރިއަށް ގެންދަން ނިންމާފައިވާ މުބާރާތެކެވެ. ރާއްޖޭގައި މި މުބާރާތް ބޭއްވޭތޯ ބެލުމަށް ހެދި ފީސިލިބިޓީ ސްޓަޑީއަށް ބިނާކޮށް ރާއްޖޭގައި މި މުބާރާތް ބޭއްވިދާނެކަމުގެ ފެހި ސިގްނަލް މިއަހަރުގެ ކުރީކޮޅު ކޮމަންވެލުތުން ވަނީ ރާއްޖެއަށް ދީފައެވެ.
ކުޅުދުއްފުއްޓަކީ ރާއްޖޭގައި މިވަގުތު ބީޗް ހޭންޑްބޯޅައަށް އެންމެ ފަހި މާހައުލެއް އޮތް ރަށަށްވާއިރު، އެ ރަށު ސިޓީ ކައުންސިލުން ވަނީ ހޭންޑްބޯޅައަށް ޚާއްސަ ބައިނަލްއަގުވާމީ ފެންވަރުގެ ދެ ކޯޓު އެ ރަށުގައި ތަރައްގީކޮށް، ލައިޓް ހަރުކޮށް ރޭގަނޑާއި ދުވާލުވެސް ކުޅެވޭނެ އިންތިޒާމުތައް ހަމަޖައްސާފައެވެ. ކުޅުދުއްފުށީ ސިޓީގެ މޭޔަރު އާތިފް ފާހަގަކުރެއްވި ގޮތުގައި ކޮމަންވެލްތު މުބާރާތް ވެގެންދާނީ ފަތުރުވެރިންގެ މަގުބޫލުކަން ހޯދުމަށް މީގެ ކުރިން ރާއްޖެއިން ބޭނުން ނުކޮށް އޮތް ގުދުރަތީ ރީތިކަމުގެ އިތުރު ފުރުސަތެއްގެ ބޭނުން ހިފަން ފެށޭ، އައު ފެށުމަކަށެވެ. “ދިވެހިރާއްޖެއަކީ ދޮންވެލި ތުނޑިތަކާއި މުރަކައިގެ ފަރުތައް ވިއްކައިގެން އިގްތިސާދު ބިނާ ކޮށްފައި ތިބި ބައެއް. މި ވަސީލަތްތަކުގެ ތެރެއިން ބޭނުން ނުކުރެވި ހުރި ބޮޑެތި ފުރުސަތުތައް އެބަހުރި، މި ފެށިގެންދަނީ އޭގެ އެއްފުރުސަތު ބޭނުން ކުރާތަން. ވަކިން ހާއްސަކޮށް މި ރީތި ދޮންވެލި ތުނޑިތަކުގެ” ރާއްޖޭގެ ރީތި ގޮނޑުދޮށްތަކަށް އިޝާރާތް ކުރައްވަމުން އާތިފް ވިދާޅުވިއެވެ.
ކޮމަންވެލްތު މުބާރާތް ކުޅުދުއްފުށީގައި ބޭއްވުމަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ ބޭނުންވާ އިތުރު ސަބަބެއް އުފެއްދުން ކަމަށާއި، މިކަމުގެ ސަބަބުން އިގުތިސާދަށް ހެޔޮ އަސަރުކުރާނެ ކަމަށްވެސް އާތިފް ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
