
މި ސީޒަނުގައި މެންޗެސްޓާ ސިޓީއަށް ނާކާމިޔާބު ސީޒަނެއްގެ ގޮތުގައި ވިޔަސް. އެކަމުގެ ހިތިކަން ފިލުވާލަން އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރަން ޖެހޭ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ. އޭނާ މިހެން ބުނީ ބުދަ ދުވަހުގެ ރޭ ކްރިސްޓަލް ޕެލަސްއާ އެކު ކުޅޭ ފައިނަލް މެޗަށް އިޝާރާތްކޮށެވެ. މި ތަށި ނުލިބިއްޖެނަމަ އެކަން ވެގެންދާނީ 2016 ވަނަ އަހަރަށް ފަހު މެންޗެސްޓާ ސިޓީ ތައްޓެއް ނުލިބި ނިންމާލާ ފުރަތަމަ ސީޒަނަށެވެ. ސިޓީ އަށް ވަނީ މި ސީޒަނުގެ އިނގިރޭސި ޕްރެމިއާ ލީގު ތަށި ގެއްލިފަ އެވެ. އެއީ ވިދިވިދިގެން ހަތަރު އަހަރު ހޯދުމަށްފަހު މި ސޒަނުގައި އެތަށި ލިވަޕޫލުން ގެންދިއުމުންނެވެ.
މިހެންވެ ގާޑިއޯލާ ބުނީ ތައްޓެއް ނުލިބި ސިޓީ ސީޒަން ނިންމާލުމަކީ ހުތުރެއް ކަމަށެވެ. “މިއީ މައްސަލަ އަކީ. އެހެންނު؟ އެފްއޭކަޕަކީ މިހާރު އެންމެ އިސްކަންދޭ މުބާރާތަކީ. އެތަށި ހޯދަން ޖެހޭނެ. އަހަރުމެން ފައިނަލެއްގައި ނުކުޅޭނަން ތަށި ބޭނުންނުވާނަމަ. މިއީ ވަރަށް މުހިންމު ތައްޓެއް،” ގަޑިއޯލާ ބުންޏެވެ. އޭނާ ބުނީ ތަށި ހޯދުމަށް ކުޅުންތެރިންގެ ވިސްނުން ވަރަށް ބޮޑަށް މެޗަށް ހާއްސަވާން ޖެހޭ ކަމަށެވެ. “މޮޅުވުމަށްޓަކައި، ތައްޓެއް ހޯދުމަށްޓަކައި ކުޅުންތެރިންގެ ހިތާއި ސިނކުޑި ފައިނަލެއްގައި ބައިތިއްބަންޖެހޭ. އެހެން އަހަރުތަކުގައި އަހަރުމެން ތަށި ހޯދި ފަދައިން މި ފައިނަލަކީ ވެސް މުހިންމުކަން ބޮޑު ފައިނަލެއްކަން ވިސްނަން ޖެހޭނެ. ކުޅުންތެރިން ކުރާ މަސައްކަތުން ތަށި ލިބޭނީ،” ކޯޗު ބުންޏެވެ.
އޭނާ ބުނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ސިޓީގެ އެއްވަނަ ފޯވަޑް އާލިން ހާލަންޑް ކުޅޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. ހަ ހަފުތާގައި އަނިޔާގައި ހުރުމަށްފަހު އޭނާ މިހާރު ވަނީ މުޅިން ފިޓްވެފަ އެވެ. ނަމަވެސް ކޯޗު ބުނީ މި ސީޒަނަށް ފަހު ޓީމު ދޫކޮށްލާ ކެޕްޓަން ކެވިން ޑެބްރޫނޭ އަށް ހާއްސަކޮށްގެން ކުޅުމުގެ ވަގުތު ދޭން ނުވިސްނާ ކަމަށާއި އޭނާ ކަންކަން ނިންމާނީ ކުލަބަށް އެންމެ ފައިދާހުރި ގޮތަށް ކަމަށެވެ. އަދި ހުސްވި ސީޒަނުގައި މޮޅަށް ކުޅެ ބެލެންޑީއޯ އެވްޑް ހޯދި ރޮޑްރީ މިހާރު ފަރިތަކުރަމުންދިޔަ ނަމަވެސް ރިސްކު ނަގާފައި މި މެޗުގައި ނުކުޅުވާނެ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. “އޭނާ އަންނަނީ ވަރަށް ވަރަށް ރަނގަޅު ވަމުން. އަހަރެން މަޑުކޮށްގެން މި ހުންނަނީ ޑޮކްޓަރުން ބުނާނެ އެއްޗަކަށް. އެމީހުން އޭނާ މުޅިން ފިޓްވެއްޖެނަމަ ކަމަށް އަހަރެން ގާތުގައި ބުނެފިނަމަ އޭނާ މި މެޗުގައި ސްޓާޓް ވެސް ކޮށްފާނެ. އެކަމަކު އަހަރެން ރިސްކެއް ނުނަގާނަން،” ގާޑިއޯލާ ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
