
އެކުވެރިކަމުގެ މެޗުތަކެއް ކުޅެން އަންނަ އޮކްޓޫބަރު މަހު އާޖެންޓީނާގެ ގައުމީ ޓީމު އިންޑިއާއަށް ދާން އޮތް ދަތުރު ކެންސަލްކޮށްފިއެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ އާއި އާޖެންޓީނާ ކެރެލާއަށް ގެންދަން މަސައްކަތް ކުރީ ކެރެލާގެ ސްޓޭޓް ސަރުކާރުންނެވެ. ނަމަވެސް އާޖެންޓީނާއިން މި ދަތުރު ކެންސަލް ކުރީ އެޑްވާންސަށް ދޭން ޖެހޭ ފައިސާ ކެރެލާ ސަރުކާރަށް ނުދެވުމުންނެވެ. މިކަމުގެ ކެރެލާ ސަރުކާރުން ބުނީ ސްޕޮންސާ ދޭން ބުނި ފަރާތްތަކުން އެންމެ ފަހު ވަގުތު ފައިސާ ނުލިބުނު ކަމަށެވެ.
އާޖެންޓީނާ އާއި ކެރެލާ ސަރުކާރުން އެއްބަސްވީ މި ދަތުރުގެ އަގަކަށް އެއް ބިލިއަން އިންޑިޔާ ރުޕީސް ދިނުމަށެވެ. އަދި އެޑްވާންސްގެ ގޮތުގައި މީގެ 30 ޕަސެންޓް ދިނުމަށެވެ. ނަމަވެސް އެޑްވާންސް ފައިސާ ނުލިބި ތިން މަސް ވުމުން އާޖެންޓީނާގެ ފެޑަރޭޝަނުން މިހާރު ވަނީ ދަތުރު ކެންސަލްކޮށްފަ އެވެ. އަދި މިހާރު ވަނީ އޮންޓޫބަރު މަހާއި ނޮވެމްބަރު މަހު ކުޅޭނެ މެޗުތައް އިއުލާނުކޮށްފަ އެވެ. އާޖެންޓީނާ ފުޓްބޯޅަ ފެޑަރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޗައިނާ އާއި އެންގޯލާ އަދި ގަތަރާއެކު މި މުއްދަތުގައި މެޗުތައް ކުޅޭނެ ކަމަށެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކެޕްޓަން އަދި ރެކޯޑް އަދަދެއް ކަމަށްވާ އަށް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބާސެލޯނާގެ ކުރީގެ ކެޕްޓަން މެސީ އެންމެ ފަހުން އިންޑިޔާގައި މެޗެއް ކުޅުނީ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެއީ އާޖެންޓީނާގެ ގައުމީ ޓީމާއި ވެނެޒުއޭލާގެ ގައުމީ ޓީމު ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމުގައި ކުޅުނު މެޗުގަ އެވެ. އެ ފަހަރު އެ މެޗު 1-0އިން ކާމިޔާބު ކުރީ ވެސް އާޖެންޓީނާ އެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
