
ލިވަޕޫލް ދޫކޮށްލަން ތައްޔާރުވެފައިވީ ނަމަވެސް، ކަނާތު ބެކް ޓްރެންޓް އެލެގްޒެންޑަރ-އާނޯލްޑަށް މަލާމާތްކޮށް ނުހެދުމަށް ފޯވާޑް މުޙައްމަދު ސަލާހު ސަޕޯޓަރުންގެ ކިބައިން އެދިއްޖެއެވެ. ސަލާހު މިހެން ބުނީ ސްޕޭނުގެ ރެއާލް މެޑްރިޑަށް މި ސީޒަން ނިމުމުން ބަދަލުވާނެކަން އާނޯލްޑް ހުސްވި ހަފުތާގައި އިއުލާނު ކުރުމާއެކު ސަޕޯޓަރުން ނުރުހުން ފާޅު ކުރަން ފެށުމުންނެވެ. މިއަށްފަހު ލިވަޕޫލް ކުޅުނު ތިން މެޗުގައި ސަޕޯޓަރުން ވަނީ އާނޯލްޑާ ދިމާކޮށް، މަލާމާތްކޮށްފަ އެވެ. ނަމަވެސް ސަލާހް ބުނީ އާނޯލްޑަކީ އޭނާ ފަދައިން ލިވަޕޫލަށް މިދިޔަ އަށް އަހަރު ކާމިޔާބު ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް ކުޅުނު އެއް ކުޅުންތެރިޔާ ކަމަށެވެ. މިހެންވެ ޝަރަފުވެރިކަމާއެކު އާނޯލްޑް ކުލަބުން ދާން ފުރުސަތު ދިނުން ވަރަށް މުހިންމު ކަމަށެވެ.
“ޔަގީން. ސަޕޯޓަރުން އާނޮލްޑާމެދު ކަންތައްތައް އެކުރާ ގޮތުން އަހަރެން ދެރަވޭ. އަހަރެން މިހުރީ ހައިރާންވެފައި. މިއީ ލިވަޕޫލްގެ ސަޕޯޠަރުން ކަންތައްތައް ކުރަންވާނެ ގޮތެއްނޫން. އެއްވެސް މީހަކާމެދު އަހަރުމެން މި ގޮތަށް ކަންތައްތައް ކޮށްގެން ނުވާނެ. މިތަނަށް ހަ މަސް ދުވަހަށް މީހަކު އައި ނަމަވެސް އަހަރުމެން އެމީހެއްގެ އަގު ވަޒަން ކުރަންވާނެ،” ސަލާހު ބުންޏެވެ. މި ސީޒަނަށް ފަހު އެއްބަސްވުން ހަމަވާ ތިން ކުޅުންތެރިންގެ ތެރެއިން ލިވަޕޫލްގައި އިތުރު ދެ އަހަރު މަޑުކުރަން ނިންމި ދެ ކުޅުންތެރިއަކީ ސަލާހާއި ކެޕްޓަން ވާޖިލް ވެންޑައިކެވެ. އާނޯލްޑް ނިންމީ ރެއާލް އަށް ބަދަލުވާށެވެ. ސަލާހް ބުނީ އެއީ މައްސަލައަކަށް ހަދައިގެން ނުވާނެ ކަމަށެވެ.

“ހިޔާލަށް ގެނެސްބަލަ މީހަކު 20 އަހަރު ވެންދެން އެ ބަޔަކަށްޓަކައި ކުޅެދިން ކުޅުންތެރިއަކާމެދު. އެމީހަކާމެދު މިގޮތަށް ކަންތައްތައް ވެގެން ނުވާނެ. އަހަރެން އުއްމީދު ކުރަނީ ކުރިއަށް އޮތް މެޗުގައި އާނޮލްޑޯ މެދު ކަންތައްތައް ކުރާ ގޮތް ބަދަލުވާނެ ކަމަށް. ބްރައިޓަން މެޗަކީ އަމިއްލަ ދަނޑުގައި އޭނާ ކުޅޭނެ ފަހު މެޗު. އޭނާ އަށް ޝަރަފުވެރި ވަދާއީ ސަލާމެއް ލިބުން މުހިންމު،” ސަލާހް ބުންޏެވެ. އޭނާ އަދި ބުނީ އާނޯލްޑަކީ ޓީމުގެ ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އޭނާ ނެތުމުން އެކަން އިހުސާސްވާނެ ކަމަށެވެ.
“އަހަރެން އޭނާ މަތިން މިސްވާނެ. އަހަރެން ބުނިން ފެއާވެލްގައި އަހަރެންނާ ހަތަރު ކަޅި ހަމަނުކުރާށޭ. އަހަރެން ވަރަށް ލޯބިވެޔޭ އޭނާ ދެކެ. އެހެން ކުލަބަކަށް ބަދަލުވުމަކީ އޭނާގެ ނިންމުމެއް. 20 އަހަރު ވަންދެން އެއް ކުލަބެއްގައި ހުރުމަކީ ފަސޭހަ ކަމެއްނޫން. މީހުންނަށް ހީވެދާނެ ކުލަބެއްގައި މަޑުކުރުމަކީ ވެސް ފަސޭހަ ކަމެކޭ. އެކަމަކު އެއީ ވެސް ފަސޭހަ ކަމެއްނޫން. އަހަރެން އޭނާ ގާތުގައި މާގިނަ ވާހަކަ ދައްކާކަށް ބޭނުމެއްނޫން. ސަބަބަކީ އަހަރެންގެ ޓީމުގައި އޭނާ ހުންނަން އަހަރެން އެދޭތީވެ. އެކަމަކު އޭނާގެ ނިންމުން އަހަރެން ބަލައިގަންނަން،” ސަލާހް ބުންޏެވެ. އޭނާ އަދި ބުނީ އާނޯލްޑަކީ ލިވަޕޫލްގެ ފަހު ތާރީހުގައި ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި އިއްޒަތާއި ޝަރަފުވެރިކަން އާނޮލްޑަށް ދޭން ޖެހޭނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
