
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ކާލޯ އަންޗެލޮޓީ ހަވާލުވުމުގެ ކުރިން ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އިންތިޚާބު ބާއްވަން ނިންމައިފިއެވެ. މި ގޮތުން ވަގުތީ ރައީސް ފެރާންންޑޯ ސަރްނޭ ވިދާޅުވީ މި މަހުގެ 25 ވަނަ ދުވަހު އިންތިހާބު ބާއްވާނެ ކަމަށެވެ. މިއީ އިކުއެޑޯ އާއި ޕްރެގުއޭއާ ދެކޮޅަށް ވޯލްޑް ކަޕް ކޮލިފައިންގައި ކުޅެން އަންޗެލޮޓީ ބްރެޒިލްގެ ގައުމީ ޓީމުގެ ސްކޮޑް އިއުލާނު ކުރުމަށް ހަމަޖެހިފައިވާ މުއްދަތަށްވުރެ އެއް އަހަފުތާ ކުރި އެވެ.
ސަންރޭ ވިދާޅުވީ އަންޗެލޮޓީއާއެކު ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ހަދާފައިވާ ކޮންޓްރެކްޓް ބާތިލް ނުކުރާނެ ކަމަށެވެ. އަދި މަގާމުން ވަކިކުރި ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒް ހުރެގެން ހެދި މި އެއްބަސްވުމަކީ މިނިވަން ކޮމިޓީ އަކުން ބެލުމަށްފަހު ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
މިދިޔަ މާޗު މަހު ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސްކަން އެޑްނާލްޑޯ ކާމިޔާބުކުރީ ބޮޑެތި އޮޅުވާލުންތަކުގެ ތެރެއިންނެވެ. އޭނާ އިންތިހާބު ބޭއްވީ ވެސް ދައުރު ހަމަވުމުގެ އެއް އަހަރު ކުރިންނެވެ. އެޑްނާލްޑޯ އަށް އެންމެ ބޮޑަށް ފާޑުކިޔައި ހެދީ އިންތިހާބުގައި އޭނާއާ ވާދަކުރަން މަސައްކަތްކޮށް ތާއީދު ނުލިބުނު ކުރީގެ އެއްވަނަ ފޯވަޑް ރޮނާލްޑޯ އެވެ. ކުރިއަށް އޮތް އިންތިހާބުގައި ރޮނާލްޑޯ ވާދަކުރާނެކަން ޔަގީނެއްނޫނެވެ. މިހާތަނަށް މި އިންތިހާބުގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ސައުޕޯލޯ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައިސް ރެއިނާލްޑޯ ކަރްނެއިރޯ އެވެ. ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނަށް ރައީސާއެކު ނައިބް ރައީސުންގެ ގޮތުގައި އަށް މީހަކު ވެސް އިންތިހާބު ކުރާނެ އެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
