
އޭނާގެ ހަޔާތުގައި ދެން ދުވަހަކުވެސް ރެއާލް މެޑްރިޑަށް ކޯޗުކޮށް ނުދޭނެ ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ. މި ސީޒަނަށް ފަހު ރެއާލް ދޫކޮށްލަން ޖެހިފައިވާ ކޯޗު މިހެން ބުނީ އެ ކުލަބުގެ ކޯޗުކަމަށް ޒަބީ އަލޮންސޯ ގެންނަން ނިންމާފައިވަނިކޮށެވެ. ރެއާލްގެ ކޯޗުކަމުން އަންޗެލޮޓީ ވަކިކުރާނެކަން އެ ކުލަބުން ބުނީ އޭނާގެ އެއްބަސްވުމުގައި ބާކީ އަހަރެއް އޮއްވައެވެ. އަދި މި ސީޒަނަށް ފަހު ޓީމާ ވަކިވާން ޖެހުނީ މި ސީޒަނުގައި ތައްޓެއް ނުލިބި ހުސްއަތާ ނިންމާލަން ޖެހިފައިވަނިކޮށެވެ.
ނަމަވެސް ރެއާލްއިން މިކަމާ ބެހޭ ގޮތުން ރަސްމީކޮށް އަދި ބަޔާނެއް ނެރެފައެއް ނުވެއެވެ. އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން އަންޗެލޮޓީ ބުނީ ކުލަބުން ބޭނުންވާ ވަގުތު ޖެހުމުން ބަޔާން ނެރޭނެ ކަމަށެވެ. ރެއާލްއިން އޭނާ ދޫކޮށްލާނީ ޝަރަފުވެރިކަމާއެކުގައެވެ. އޭނާގެ ޝަރަފުގައި ޚާއްސަ ހަފުލާއެއްވެސް ބާއްވާނެ އެވެ. އިޓަލީއަށް އުފަން ކޯޗު އަންޗެލޮޓީ އަކީ ރެއާލް މެޑްރިޑުގެ އެންމެ ކާމިޔާބު ކޯޗެވެ. ދެ ފަހަރެއްގެ މަތީން އޭނާ ވަނީ ރެއާލްއަށް 15 ތަށި ހޯދައިދީފައެވެ. އޭގެ ތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގު ތިން ފަހަރު ހޯދުންވެސް ހިމެނެއެވެ.
އޭނާ ދެން ހަވާލުވާނީ ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗުކަމާ އެވެ. ފުރަތަމަ ފަހަރަށް އެކަން ޔަގީންކޮށްދެމުން އަންޗެލޮޓީ ބުނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އޭނާ އަކީ ބްރެޒިލްގެ ގައުމީ ކޯޗު ކަމަށެވެ. “މި މަހުގެ 26 އިން ފެށިގެން އަހަރެންނަކީ ބްރެޒިލްގެ ކޯޗު. މިއީ ވަރަށް މުހިންމު ޗެލެންޖެއް. އެކަމަކު އަހަރެން ބޭނުންވަނީ ރެއާލްއާއެކު މި ހޭދަކުރި ބަރާބަރު ދުވަސްތައް ރަނގަޅު ގޮތުގައި ނިންމާލަން،” އަންޗެލޮޓީ ބުންޏެވެ. މީގެ އިތުރުން އަންޗެލޮޓީ ވަނީ ކުލަބާމެދު އެއްވެސް މައްސަލައެއް ނެތް ކަމަށްވެސް ބުނެފައެވެ.

“އަހަންނާ ރެއާލްއާ އެއްވެސް މައްސަލައެއްނެތް. އަދި ނުވެސް އޮންނާނެ. މިއީ އަހަރެންގެ ހިތުގެ ފުންމިނުން ޖާގަ ލިބިފައިވާ ކުލަބެއް. އެކަމަކު ހަޔާތުގައި ކޮންމެ ކަމަކަށް ވެސް ނިމުމެއްވޭ. ދެން ދުވަހަކު ވެސް އަހަރެންގެ ހަޔާތުގައި ބާކީ ބައިގައި ރެއާލްގެ ކޯޗަކަށް އަހަރެން ނުވާނެ. އެކަން އެ ގޮތަށް މިވީ ވަރަށް ގިނަ ސަބަބުތަކެއް ހުރެގެން. ކުލަބުން އާ ގޮތްތަކެއް އެބަ ބޭނުންވޭ. އެކަމާ އަހަރެންގެ އެއްވެސް މައްސަލައެއް ނެތް،” އަންޗެލޮޓީ ބުންޏެވެ. އޭނާ ބުނީ ރެއާލް އަށް އޮތީ ހާސްފަށުން ޝުކުރު ކަމަށެވެ.
“އަހަރުމެން ދާނީ ކުރިއަށް. އަހަރެން އަބަދުވެސް ވާނީ ރެއާލްގެ ސަޕޯޓަރަކަށް. މިއީ ކާމިޔާބު ސަފުހާއެއްގެ ނިމުން. އަހަރެން ހިޔެއް ނުކުރަން ރެއާލްގެ ކޯޗުކަން އަހަރެންނަށް ހަ އަހަރު ވަންދެން ކުރެވިދާނެ ކަމަށް. މިހާރު އެކަން ވެސް މިއޮތީ ނިމުމަކަށް އައިސްފައި. އަހަރެން އަބަދުވެސް ވިސްނަގައިގެން ހުރީ ކޮންމެވެސް ދުވަހަކުން މިކަމަށް ނިމުން އަނާން ކަމަށް. އަހަރެން މި ކުލަބުގައި ހޭދަކުރީ ވަރަށް ރަނގަޅު ދުވަސްތަކެއް. ފުޓްބޯޅަ އަކީ ހަޔާތެއް. ފެށުމަކާއި ނިމުމެއްވޭ،” އަންޗެލޯޓީ ބުންޏެވެ.
އަދި ރެއާލްގެ ކޯޗުކަމާ އޭނާ ހަވާލުވިއިރު އެ ކުލަބަށް 11 ތަށި ހަތަރު އަހަރުން ހޯދައިދޭނެކަން އެނގުނުނަމަ އެކަމަށް ސޮއިކުރާނީ އަމިއްލަ ލެއިން ކަމަށެވެ. އަދި ރެއާލްގައި ހޭދަކުރި ދުވަސްތައް ދުވަހަކުވެސް ހަނދާނުން ނުނެތޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
