
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ލީގު ކަޕް 2025 ގައި މިރޭ ކުޅުނު މެޗުގައި 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މަހިބަދޫ ސްޕޯޓްސް ކުލަބުގެ މައްޗަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުރި ހޯދައިފިއެވެ. މި މެޗާ ކުރިމަތިލިއިރުވެސް މާޒިޔާއިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު، މަހިބަދޫއާ ދެކޮޅަށް ނެރުނު ސްކޮޑްގައި ގިނަ ޒުވާން ކުޅުންތެރިންތަކެއް ހިމެނެއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ރޭ ކުޅުނު މެޗުގައި ކޯޗު ލުއިސްމާ ހެނާންޑޭސް 19 އަހަރުން ދަށުގެ ކުޅުންތެރިންގެ ބޭނުން ވަރަށް ރަނގަޅަށް ހިފިއިރު، މި މެޗުގެ އެ ކުޅުންތެރިންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މާޒިޔާއިން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ފުރަތަމަ ހާފުގައި ހަސަން ރާއިފް އަޙްމަދު (ހަންނަ) އަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން، މެޗުގެ 18 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކުރި ލަނޑުންނެވެ.
މާޒިޔާއިން ވަނީ އޭގެ 10 މިނިޓެ ފަހުން އަނެއްކާވެސް މަހިބަދޫގެ ގޯލަށް ނުރައްކާކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ ނާއިޒު ހަސަން (ދާދު) ނެގި ހުރަހެއް، މަހިބަދޫ ގޯލްކީޕަރު އަބްދުﷲ ޔާމީން ދިފާއުކުރަން އުޅުމުގެ ތެރޭގައި ލިބުނު ބޯޅައަކުން ހަންނައެވެ. މަހިބަދޫ ޓީމުން ޑިފެންސަށް ކުޅެމުންދިޔަ ނަމަވެސް މާޒިޔާ ހުއްޓުވޭގޮތް ނުވެ، އެ ޓީމުން ވަނީ 38 ވަނަ މިނިޓްގައި މެޗުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އައިހަމް ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ދާދުއެވެ. އަދި މާޒިޔާގެ ހަތަރުވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ހަންނައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ މިނެޓެއްވެސް ނުވަނީސް ސެންޓޭ ވަނީ މާޒިޔާގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މާޒިޔާގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެންއެރި ބަދަލު ކުޅުންތެރިޔާ އަބްދުﷲ ލޫތު އިބްރާހީމެވެ. އޭގެ ފަހުން މާޒިޔާއަށް ހަތްވަނަ ލަނޑު ޖަހައިދިނީ މުޅިން އަލަށް ސީނިއަރ ޓީމުގެ މެޗެއްގެ ތަޖުރިބާކުރި 19 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިޔާ މުޙައްމަދު ޒީކް އަޙްމަދެވެ. ދެ ހާފުގައިވެސް 19 އަހަރުން ދަށުގެ ކުޅުންތެރިންގެ ބޭނުން މާޒިޔާއިން ވަނީ ހިފާފައެވެ. މާޒިޔާއިން މި މެޗުގައި މަހިބަދޫ ކޮޅަށް ހަތް ލަނޑު ޖަހައި، މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ޓީމުގެ ރިކޯޑުވެސް ވަނީ ދަމަހައްޓާފައެވެ. މިއާއެކު އެޓީމު ވަނީ ގުރޫޕު ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވެ ލީގު ބުރުގެ އެއްވަނަ ހޯދުމާ ގާތަށް ޖެހިލާފައެވެ.
ލީގު ކަޕުގައި މާޒިޔާ ދެން ކުޅޭ މެޗުގައި މި މަހުގެ 21 ވަނަ ދުވަހުގެ ހަވީރު ނުކުންނާނީ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ހަމަ އެރޭ މަހިބަދޫ ނުކުންނާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
