
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ލީގު ކަޕް 2025 ގައި ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން މި މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ނިއު ރޭޑިއަންޓުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ނިއު ރޭޑިއަންޓުގެ ފަހަތަށް ކުޅެމުން އަންނަ އުޒްބަކިސްތާނުގެ ޑިފެންޑަރު ފުރްކަޖޯންއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ނިއު ރޭޑިއަންޓުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ރަފީގު އަމީންއެވެ. މިހާތަނަށް މޮޅުކުޅުމެއް ދައްކަމުން އަންނަ ރަފީގު ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ބައްދަލުކުރި މެޗުގައިވެސް ނިއު ރޭޑިއަންޓަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ނިއު ރޭޑިއަންޓުން ލީޑު ނެގުމާއެކު ޓީސީ ސްޕޯޓްސް ކުލަބުން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. މިގޮތުން އެ ޓީމުގެ ދިފާއު ވަރުގަދަކޮށް ނިއު ރޭޑިއަންޓުގެ ގިނަ ހަމަލާތަކެއް އެ ޓީމުން ވަނީ ހުއްޓުވާފައެވެ. އަދި މެޗުގެ 59 ވަނަ މިނެޓުގައި ޓީސީން މެޗުގެ ނަތީޖާ އެއްވަރުކުރީ ޒަޔާން ނަސީރުގެ ލަނޑާއެކުގައެވެ. މި ލަނޑާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެގެންދިޔައިރު، ދެ ޓީމުގެ ކުޅުންވެސް ރަނގަޅުކުރިއެވެ.
އެހެންނަމަވެސް 67 ވަނަ މިނިޓުގައި ނިއު ރޭޑިއަންޓުގެ މޫސާ ޔާމިން ވަނީ ލަނޑެއް ޖަހައި އެ ޓީމަށް އަލުން ލީޑު ނަގާދީފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން އެ ޓީމުގެ ރަފީގު ވަނީ މިމެޗުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް، ނިއު ރޭޑިއަންޓުގެ ލީޑު ފުޅާކޮށްދީފައެވެ. މި ހާފުގައި ނިއު ރޭޑިއަންޓުގެ ހަމަލާތައް ގިނަކޮށްފަވާއިރު، އެ ޓީމުގެ ފަހު ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާދަމް ނާސިހުއެވެ. މި މުބާރާތުގައި ޓީސީ ސްޕޯޓްސް ދެން ނުކުންނާނީ މަހިބަދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެ މެޗު ތާވަލުކޮށްފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އަށެވެ. އަދި ހަމަ އެރޭ 9:00 ގައި ނިއު ރޭޑިއަންޓް ނުކުންނާނީ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
